ނީރަޖް ޕަތަކް ޑައިރެކްޓް ކޮށް ސަނީ ޑިއޯލް އަދި ޕްރިތީ ޒިންތާ އެކްޓް ކޮށްފައިވާ ފިލްމް ބައިޖީ ސުޕަރހިޓް އަންނަ ނޮވެމްބަރުގައި ރިލީސް ކުރާނެ ކަމަށް އެޓީމުން އިއުލާންކޮށްފިއެވެ.
ކުރިން އޮކްޓޯބަރުގައި ދުސޭރާ އާ ދިމާކޮށް ނެރެން އޮތް ފިލްމްގެ ރިލީސް ކުރާ ތާރީހު ލަސްވެފައި ވަނީ މަދްޔާ ޕްރަދޭޝްގެ ތިއޭޓަރުތައް ދުސޭރާ އާ ގުޅިގެން ބަންދުކޮށްފައި ވުމާއި ފިލްމަކީ ނޯތް އިންޑިއާ އަށް ނިސްބަތްކޮށް އުއްތަރު ޕްރަދޭޝް އަށް ހާއްސަ ފިލްމެއް ކަމުން އެ އޯޑިއަންސްތައް މިސް ނުކޮށްލަންވެގެން ކަމަށް ފިލްމްގެ ޕްރޮޑިއުސަރ ޗިރާގް މަހެންދްރާ ދަރިވާލް ބުނެފައިވެ އެވެ.
މި ފިލްމްގެ އެންމެ ހާއްސަ ކަމަށް ފެނިގެން ދާނީ 15 އަހަރު ފަހުން ސަނީ އަދި ޕްރިތީ އެކީގައި އެއް ފިލްމަކުން ފެނުމެެވެ. މި ފިލްމް މިހާރު ރިލީސް ކުރަން ނިންމާފައި އޮތީ ނޮވެމްބަރު 23 ގައެވެ.