ބޮލީވުޑް

ޝާހުގެ އޮފީސް ޑިޒައިން ކުރެވޭ ވަރަށް ވުރެ އަންހެނުން ގޯރީ މާ ބިޒީ!

ޝާހުރުން ޚާންގެ އަންހެނުން ގޯރީ ޚާން އަކީ ބޮލީވުޑްގެ ނަން މަޝްހޫރު އިންޓީރިއާ ޑިޒައިނަރުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ގޯރީގެ އަމިއްލަ ފިހާރައެއް މުމްބާއީގައި ހުންނަ އިރު މި ފިހާރައަށް ބޮލީވުޑްގެ ތަރިން އަބަދުވެސް ގޮސް ހަދައެވެ.

ގޯރީ މިދޭތެރެއަކުން އޭނާގެ އިންސްޓަގްރާމަށް އޭނާ އަމިއްލައަށް ޑިޒައިން ކުރި ސްޕޭސް އެއްގެ ފޮޓޯ ވަނީ ލައިފަައެވެ. ގޯރީގެ އެ ފޮޓޯއަށަ ޝާޚު ކޮށްފައިވާ ކޮމެންޓެއްގައި ވަނީ "ކޮންއިރަކުތޯ އަހަރެންގެ އޮފީސް ޑިޒައިން ކުރާނީ" މިހެންނެނެވެ. އެއަށް ގޯރީ ކޮށްފައިވާ ރިޕްލައި އަކީ "އަހަރެންނަށް ފްރީ ޓައިމް ލިބުމުން" ކަމަށެވެ. އަދި ޓަންގް އައުޓް އިމޯޖީއެއް ވެސް ގޯރީ ވަނީ ކޮމެންޓްގައި ހިމަނާފައެވެ.

އާންމުކޮށް ވެސް ޝާހު އަދި ގޯރީގެ އެކަހަލަ ކިއުޓް ކަންކަމަކީ މީހުނަށް ނުފެންނަ ކަމެއް ކަމުން މިކަން ވެގެން ގޮސްފައި ވަނީ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތް ކަމަކަށެވެ. ވަރަށް ފަހުން ޝާހު އަދި ގޯރީ ވަނީ ކުޗް ކުޗް ހޯތާހޭ ގެ 25 ވަނަ އަހަރީ ހަފްލާއަށް ދަރި އަބްރާމް އާ އެކީ ގޮސްފައެވެ.