ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ފަސް މެންބަރުން ކަނޑައަޅައިފި

އަލީ އިހްސާން

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ފަސް މެންބަރުން މިއަދު ކަނޑައަޅައިފިއެވެ.

އެގޮތުން 19 ވަނަ ރައްޔިތުންގެ މަޖްލީހުގެ ރިޔާސަތު ބަލަހައްޓަން ކަނޑައެޅި ފަސް މެމްބަރުންނަކީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފުއާއި، އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފުއާއި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު އާއި ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމުގެ އިތުރުން މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އެވެ.

މި ފަސް މެންބަރުންނަކީ، މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެންމެ ގިނަ ދުވަހު މަޖިލީހުގައި މަސައްކަތް ކުރައްވާފައިވާ މެންބަރުންނެވެ.