މަރުގެ މައްސަލަތައް

ގެސްޓްހައުސް އަކުން ހޮސްޕިޓަލަށް ގެންދިޔަ އިރު މަރުވެފައިވާ މީހެއްގެ މައްސަލަ ފުލުހުން ބަލަންފަށައިފި

މާލޭގެ ގެސްޓް ހައުސް އަކުން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ އިރު މަރުވެފައިވާ މީހެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ އެއީ ދިވެއްސެއް ކަމަށެވެ.

ފުލުހުންގެ މީޑިއާއިން ބުނީ މ. ވިކްޓްރީ ހައުސް ގެސްޓް ހައުސް ގައި އޮތް 24 އަހަރުގެ ފިރިހެނަކު، ހާލުދެރަވަގެން ރޭ ފަތިހު 4:30 ހާއިރު އައިޖީއެމްއެޗަށް ގެންދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި ކަމުގައި ޝައްކު ކުރެވޭ ކަންކަން އެބަ ހުރި ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ކަމެއް ކަމެއް ފުލުހުން ނުބުނެ އެވެ.