ފިލްމު "ލަވްޔާތްރީ" އިން ބޮލީވުޑަށް ތައާރަފުވި ބަތަލު، އަޔުޝްމަން ޝަރްމާ އަށް ދެވަނަ ފިލްމެއް ކުޅުމަށް ފުރުސަތު ލިބިއްޖެއެވެ.
އަޔުޝް އަކީ ސަލްމާންގެ ކޮއްކޮ އަރްޕިތާގެ ފިރިމީހާއެވެ.
"ކުވަތާ" ނަމަކަށް ކިޔާ ފިލްމެއް ކުޅުމަށް އަޔުޝް ސޮއިކޮށްފައިވާއިރު އެ ފިލްމުގައި އޭނާ ކުޅެނީ އާމީ މޭޖާއެއްގެ ރޯލެވެ. ފިލްމަކީ މަނިޕޫރުގައި ހިނގާ ކަންތައްތަކެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މި ފިލްމަކީ އެކްޝަން ޑްރާމާ ފިލްމަކަށް ވާއިރު ފިލްމުގައި ވަރަށް ބޮޑަށް އިމޯޝަންތައް ދައްކުވައިދޭނެއެވެ. ފިލްމުގައި ހަގީގީ ބައެއް ހާދިސާތަކުގެ މައްޗަށް ހަދައިފައިވާ ޝޮޓުތައްވެސް ހުންނާނެކަމަށް ވެއެވެ.
ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ ސެޕްޓެމްބަރުގައެވެ.
މި ފިލްމުގެ އިތުރުން "މުލްޝީ ޕެޓާން" އިންވެސް އަޔުޝް ފެނިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.