ޖޯން އަބްރަހަމްގެ ދިގު މުއްދަތަކަށް އިންތިޒާރުކުރެވުނު ސިޔާސީ ތުރިލަރު "ދަ ޑިޕްލޮމެޓް" ވަނީ މި މަހު ސިނަމާތަކަށް ދޫކޮށްފައެވެ. ފިލްމާ ގުޅިގެން ދިން އިންޓަވިއުއެއްގައި ޖޯން ބުނެފައިވާ ގޮތުގައި ފިލްމަށް ފުރަތަމަވެސް ޝައުގުވެރިކަން އޮތް ނަމަވެސް، ގިނަ އޯޓީޓީ ޕްލެޓްފޯމްތަކުން ފިލްމުގެ ކާމިޔާބީއާ މެދު ޝައްކުކޮށް، ފިލްމު ގަތުމަށް އިންކާރުކުރި ކަމަށެވެ. އަދި ފިލްމު އުފެއްދި ސްޓޫޑިއޯ ހިމެނޭގޮތަށް އެހެން ފަރާތްތަކުގެ އިތުބާރު ގެއްލުނު ނަމަވެސް، އޭނާއާއި ޑައިރެކްޓަރު ޝިވަމް ނައިރު މި މަޝްރޫއުގައި ވަރުގަދައަށް އިތުބާރު ދެމެހެއްޓިކަން ފާހަގަކުރިއެވެ.
ޖޯން ބުނި ގޮތުގައި ފިލްމެއްގެ މަސައްކަތް ލަސްވާ ހިނދު، ގިނަފަހަރު ހަމައެކަނި ޑައިރެކްޓަރާއި މައި ލީޑް އެކްޓަރު އެކަނި މުޅިން އިންވެސްޓްވެފައި ތިބެނީއެވެ. "ދަ ޑިޕްލޮމެޓް" ގެ ހާލަތުގައި، ސްޓޫޑިއޯއިން ރިސްކު ކުޑަކުރުމަށްޓަކައި ފިލްމު އޯޓީޓީ ޕްލެޓްފޯމްތަކަށް ވިއްކާލަން މަސައްކަތްކުރި ނަމަވެސް، ތަކުރާރުކޮށް މަސައްކަތްކުރުމުންވެސް އެކަން ނުވި ކަމަށް ޖޯން ބުންޏެވެ.
އެހެންނަމަވެސް، ފަހުރުވެރިކަމާއެކު އޭނާ ހިއްސާކުރި ގޮތުގައި ފިލްމު ސިނަމާތަކުގައި ދައްކައިގެން ލިބުނު ކާމިޔާބީން، އޯޓީޓީ ޗެނަލްތައް ހިމެނޭގޮތަށް، ކުރިން ޝައްކުކުރި ފަރާތްތަކުގެ ޝައްކުތައް ދޮގުވެގެން ދިޔަކަން ސާބިތުވެއްޖެއެވެ. ފިލްމަށް ލިބުނު ހޫނު މަރުހަބާ އިތުރަށް ފާހަގަކުރެވިގެން ދިޔައެވެ.
މީގެ އިތުރުން، ޖޯން ހިއްސާކުރި ގޮތުގައި ފިލްމު ވަނީ އޯޑިއަންސްގެ ހިތްތަކާ ވަރަށް ބޮޑަށް ގުޅިފައެވެ. ގިނަ ބަޔަކު ވަނީ މިއީ ގައުމީ ފިލްމު އެވޯޑަކަށް ހައްގު ފިލްމެއް ކަމުގައި ތައުރީފުކޮށްފައެވެ. އޭނާ ވަނީ ލިބުނު ހޫނު އަދި ފޯރިގަދަ ކާމިޔާބީއަށް ފޭނުންނަށް ޝުކުރު އަދާކޮށްފައެވެ. ހާއްސަކޮށް ފިލްމު ނިމުނު އިރު، އޯޑިއަންސް އަތްޖަހާފައިވުން އެއީ އޭނާއަށް އެންމެ މަތިވެރި އިނާމުކަން ޖޯން ފާހަގަކުރިއެވެ.