ޓުއަރިޒަމް

ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއަށް ތިން އެވޯޑެއް ލިބިއްޖެ

މަރިޔަމް ޝަހުދާ

ވޯލްޑް ޓްރެވަލް އެވޯޑްސް ގައި ރާއްޖެއަށް ތިން އެވޯޑެއް ލިބިއްޖެ އެވެ.

ރާއްޖެއަށް މި ތިން އެވޯޑު ތިބިފައިވަނީ އިއްޔެ މޮރިޝަސްގައި ކުރިއަށްދިޔަ 26 އެނުއަލް ވޯލްޑް ޓްރެވަލް އެވޯޑްސް (އެފްރިކާ އެންޑް އިންޑިއަން އޯޝަން ގާލާ) 2019ގައެވެ.

މި އެވޯޑް ހަފްލާގައި ރާއްޖެއަށް އިންޑިއާ ކަނޑުގެ ލީޑިންގް ބީޗް ޑެސްޓިނޭޝަން، އިންޑިއާ ކަނޑުގެ ލީޑިންގް ޑައިވް ޑެސްޓިނޭޝަން އަދި އިންޑިއާ ކަނޑުގެ ލީޑިންގް ހަނީމޫން ޑެސްޓިނޭޝަންގެ އެވޯޑު ވަނީ ލިބިފައެވެ.

މި ހަފްލާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ތަފާތު އެކި ކުންފުނިތަކަށާއި ރިސޯޓުތަކަށް 16 އެވޯޑެއް ލިބިފައި ވެއެވެ.