"ޔޫ" ސީރީޒްގެ ފަސްވަނަ ސީޒަންގެ ރަސްމީ ޓްރެއިލާ ނެރެފިއެވެ. މި ޓްރެއިލާގައި ނިއު ޔޯކް ސިޓީގެ މަންޒަރުތައް ހިމަނައިގެން، މި ސީރީޒްގެ ސަޕޯޓަރުންނަށް ފޯރިގަދަ ތަޖުރިބާއެއްގެ ވައުދު ވެފައިވެއެވެ.
ޕެން ބެޖްލީ އަދާކުރާ ޖޯ ގޯލްޑްބާގްގެ ކެރެކްޓަރަށް މިފަހަރު ކުރިމަތިވެފައިވަނީ މީގެ ކުރީން ދުވަހަކުވެސް ނުދެކޭ ފަދަ ބޮޑެތި ގޮންޖެހުންތަކެކެވެ. އެއީ މިފަހަރު އޭނާގެ އާއިލާއާ ގުޅުން ހުރި މައްސަލަތަކެއް ކުރިމަތިވެފއިވާތީ އެވެ.
މި ޓްރެއިލާގައި އޭނާގެ އަނދިރި، އަނިޔާވެރި އާދަތަކާ ދެކޮޅަށް ކުރަމުން އަންނަ ވަރުގަދަ މަސައްކަތްތަކުގެ މަންޒަރުތައް ދައްކުވައިދެއެވެ. އަދި އޭގެ އިތުރުން އަލަށް ފާޅުވާ ލޯބީގެ ގުޅުމެއްގެ މަންޒަރުތައްވެސް ހިމެނިފައިވެއެވެ.
"ތިބާގެ ދިރިއުޅުން ވަރަށް ރަނގަޅު. އެކަމަކު އެ ރިސްކް ނެގުމުގެ އަގެއް ނެތް." އެ މަންޒަރުތަކުގައި ޖޯ ބުނެއެވެ. އަދި ކުރީގެ ސީޒަން ތަކެކޭ އެއްފަދައިން، އޭނާގެ މާޒީގެ މީހުން އަނބުރާ އަންނަނީ ބަދަލުހިފުމުގެ ނިޔަތުގައެވެ.
މި ސީޒަންގެ ރަސްމީ ހުލާސާގައި ބަޔާންކޮށްފައިވަނީ، "ފަސްވަނަ އަދި އެންމެ ފަހު ސީޒަންގައި، ޖޯ ގޯލްޑްބާގް އެނބުރި ނިއު ޔޯކަށް އަންނަނީ ދާއިމީ އުފާވެރިކަމާއެކު ދިރިއުޅުމަށެވެ.. ނަމަވެސް އޭނާގެ ފުރިހަމަ ދިރިއުޅުމަށް ނުރައްކާވަނީ އޭނާގެ މާޒީގެ ހަނދާންތަކާއި އަމިއްލަ އަނދިރި އެދުންތަކުންނެވެ."
މި ސީޒަން ނެޓްފްލިކްސް އިން ބެލޭނީ 24 އޭޕްރިލް 2025 ގައެވެ.