މަސްތުވާތަކެތީގެ މައްސަލައެއްގައި ކ. މާފުށިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި އެ މީހާ ހައްޔަރުކޮށްފައި ވަނީ ކ. މާފުށި ޕޮލިސް ސްޓޭޝަނުން އިއްޔެ ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އެގޮތުން އެ މީހާއާއެކު މަސްތުވާތަކެތި ކަމަށް ޝައްކުރުރެވޭ އެއްޗެއް ހުރި އެއް ޕެކެޓާއި ހަ ސެލޯޕީންކޮޅު ހޯދާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލަ މާފުށީ ޕޮލިސް ސްޓޭޝަނުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.