ބޮކްސް އޮފީހުގައި ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު ވީރޭދީ ވެޑިން ގެ ލަވަ "ތަރީފާން"، ޗާޓުގެ އެންމެ ކުރިޔަށް އެރުމުގެ އިތުރުން ފިލްމަށް ވަނީ ގިނަ ފާޑުކިޔުންވެސް އަމާޒުވެފައެވެ.
ކަރީނާ ކަޕޫރު ޚާން، ސޯނަމް ކަޕޫރު، ސަުވާރާ ބާޝްކަރު އަދި ސިކްހާ ތަލްސާނިއާ ލީޑް ރޯލުން ފެނިގެންދާ މި ފިލްމު ރިލީސް ކުރިތާ މިވަނީ އަހަރެއްވެފައެވެ. އެކަމާ ގުޅުވައިގެން ފިލްމު ގެ ޕްރޮޑިއުސަރު ސޯނަމްގެ ދައްތަ ރިއާވަނީ ފިލްމާ ބެހޭ ޕޯސްޓެއް ހިއްސާކޮށްފައެވެ.
ރިއާގެ ޕޯސްޓުގައި ފިލްމުގެ މުޅި ޓީމަށް ޝުކުރުއަދާކޮށް ތަރިންނަށް ވަނީ ލޯބި ހިއްސާކޮށްފައެވެ. މީގެ އިތުރުން އެ ޕޯސްޓުގައި ރިއާ ވަނީ އަނެއްކާވެސް މިހަަތަރު ތަރިން އެއްކޮށް ސެޓަށް ގެންނަން މަސައްކަތް ކުރާ ކަމަށް ބުނެފައެވެ.
ރިއާގެ މި ޕޯސްޓުން ހީވަނީ ފިލްމުގެ ސީކުއިލެއް ހެދުމުގެ މަސައްކަތްް ކުރަމުންހެނެވެ.
މީގެ އިތުރުން ސޯނަމްވެސް ވަނީ އޭނާގެ ޓުވީޓަރުގައި ފިލްމަށް އެއް އަހަރު ފުރުމުން މަރުހަބާ ކިޔުމުގެ އިތުރުން ޝުކުރުގެ ޕޯސްޓެއް ހިއްސާކޮށްފައެވެ.