ކިއާރާ އަދްވާނީ، ފަރުހާން އަޚްތަރުގެ 'ޑޮން 3' ދޫކޮށްލައިފިއެވެ. ކިއާރާގެ މި ނިންމުމަކީ ބަލިވެ އިނުމުގެ ސަބަބުން ނިންމި ނިންމުމެކެވެ.
މިވަގުތު ކިއާރާ ކުރަމުން އަންނަނީ 'ވޯ 2' އާއި 'ޓޮކްސިކް' ގެ މަސައްކަތެވެ.
ޑޮން 3' އަށް މިހާރު އާ ލީޑް އެކްޓްރެސްއެއް ހޯދަމުން އަންނައިރު، މިއީ ދެފަރާތުން އެއްބަސްވެގެން ނިންމާފައިވާ ނިންމުމެކެވެ.
ދެހާސް ސައްބީހުގައި ފެށުމަށް ހަމަޖެހިފައިވާ 'ޝަކްތީ ޝަލީނީ' އަދި 'ދޫމް 4' ގައި ކިއާރާ ބައިވެރިވެދާނެކަމުގެ ހަބަރުތައްވެސް ވަނީ ފެތުރިފައެވެ.
އަހަރުތަކެއް ވާންދެން ސިއްރުން ގުޅުން ބާއްވަމުން އައުމަށްފަހު، ކިއާރާ އާއި ސިދާތް މަލޯތްރާ އެމީހުންގެ ކައިވެނީގެ ފޮޓޯތައް ހިއްސާކުރީ 2023 ވަނަ އަހަރު އެވެ.