މުނިފޫހިފިލުވުން

ހިންދުސްތާން ޓައިމްސްގެ ސްޓައިލިޝް އެވޯޑް 2025 ބާއްވައިފި

ފަނަރަ ވަނަ އެޗްޓީ އިންޑިއާޒް މޯސްޓް ސްޓައިލިޝް އެވޯޑްސް 2025 ބާއްވައިފި އެވެ.

މިއީ ހިންދުސްތާން ޓައިމްސް އިންޑިއާގެ އަޑުގެ ގޮތުގައި 100 އަހަރު ފުރުމާ ގުޅިގެން، ޒަމާންވީ ތަރީންނާއި މި ޒަމާނުގެ އާ މަގުތައް ހުޅުވި މީހުނަށް ހާއްސަ ސްޓައިލް އަދި ފެޝަންގެ އެވޯޑް ހަފުލާއެކެވެ.

މި ހަފުލާގައި އެވޯޑު ލިބުނު ފަރާތްތަކުގެ ތެރޭގައި ސޯނަމް ކަޕޫރް އަހުޖާ، ސުބޯދު ގުޕްތާ، ޝިކާރު ދަވާން، ފަރްހާން އަޚްތަރު، އަބީޝެކް ބަޗަން، ސުނިލް ޝެޓީ، މަނީޝް މަލޯތްރާ، ޝިލްޕާ ޝެޓީ ކުންދްރާ އަދި އަކްޝޭ ކުމާރު ހިމެނެއެވެ.

ޢޭގެ އިތުރުން ރޭކާ އާއި އޭއާރް ރަހްމާނަށްވެސް ވަނީ އެވޯޑު ލިބިފައެވެ.

އިންޑިއާގެ އެންމެ ސްޓައިލިޝް އައިކަންތައް ފާހަގަކުރުމުގެ އިތުރުން، މި ހަފުލާގައި ފެނިގެންދިޔައީ މަޝްހޫރު ޑިޒައިނަރު މަނީޝް މަލްހޯތްރާގެ ހާއްސަ ފެޝަން ޝޯއެކެވެ. މުމްތާޒް، ޝިލްޕާ ޝެޓީ ކުންދްރާ، އުރްމިލާ މަތޮންޑްކަރް އަދި ޖެން-ޒެޑްގެ ސްޓައިލް އައިކަން ޚުޝީ ކަޕޫރު ބައިވެރިވި މި ޝޯއިން، އަހަރުތަކެއް ވާންދެން އިންޑިއަން ސިނަމާގައި ދެމިހުރި، ފެޝްނަ އަދި ޑިޒައިން މަސައްކަތްތެރީންނަށް ޝުކުރު އަދާކޮށްފައިވެއެވެ.