ކޫލް އެންޑް ކޫލްގެ އާ ޕްރޮޑަކްޓްތަކެއް ތައާރަފްކޮށްފިއެވެ.
ލިލީ އިންޓަރނޭޝަނަލް އިން މިއަދު ރާއްޖެއަށް ތައާރަފްކުރި ކޫލް އެންޑް ކޫލްގެ އާ ޕްރޮޑަކްޓްތަކުގެ ތެރޭގައި ހޭންޑް ސެޓިނަޓިޒަރގެ އިތުރުން ފޭޝަލް ސްކްރަބް ހިމެނެއެވެ.
ލިލީ އިންޓަރނޭޝަނަލް އިން ދަނީ 2014 ވަނަ އަހަރުން ފެށިގެން ކޫލް އެންޑް ކޫލްގެ ޕްރޮޑަކްޓްތައް ރާއްޖެ އެތެރެކޮށް ވިއްކަމުންނެވެ.
ކޫލް އެންޑް ކޫލްގެ އާ ޕްރޮޑަކްޓްތަކެއް ތައާރަފްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ލިލީ އިންޓަރނޭޝަނަލްގެ މާކެޓިން މެނޭޖަރ މުހައްމަދު ތަސްލީމް ވިދާޅުވީ ލިލީއިން ތައާރަފްކުރި ޕްރޮޑަކްޓް ތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ޕްރޮޑަކްޓް އަކީ ހޭންޑް ސެނިޓައިޒަރ ކަމަށާއި މިއީ މިހާރު ރާއްޖޭގެ މާކެޓުގައި ހުރި އެއްވަނަ ހޭންޑް ސެނިޓައިޒަރ ކަމަށެވެ. އަދި މިސެނިޓައިޒަރ ހާއްސަވަނީ މިފުޅި ދަބަހުގައި އަޅުވާލެވޭގޮތަށް ހުރުން ކަމަށް ވިދާޅުވިއެވެ.
ކޫލް އެންޑް ކޫލް އަކީ 1992ވަނަ އަހަރު ޔޫއޭއީއިން ތައާރަފް ކުރި ބްރޭންޑްއެކެވެ. އަދި ހަމަ އެއަހަރު އިނގިރޭސިވިލާތުގައި ވެސް ވަނީ ކޫލް އެންޑް ކޫލް ތައާރަފް ކޮށްފައެވެ. ލިލީ އިންޓަރނޭޝަނަލް އިން ރާއްޖެ އެތެރެކުރާ ކޫލް އެންޑް ކޫލްގެ ޕްރޮޑަކްޓް ތަކަކީ ޔޫއޭއީގެ އިތުރުން ޖަރުމަނުގައި އުފައްދާ ޕްރޮޑަކްޓް ތަކެކެވެ.