އެކްޓަރު ޕަރިނީތި ޗޯޕްރާ ނެޓްފްލިކްސްގައި އަންނާން އޮތް މިސްޓަރީ ތްރިލާ ސިލްސިލާއެއްގައި ތަމްސީލުކުރުމަށް ހަމަޖެހިއްޖެއެވެ. މިއީ ރެންސިލް ޑި'ސިލްވާ ޑައިރެކްޓްކުރާ، އަދި ވަކި ނަމެއް ދީފައި ނުވާ ސިލްސިލާއެކެވެ.
މި ސިލްސިލާ ޕްރޮޑިއުސް ކުރަނީ ސިއްދާތު ޕީ. މަލޯތްރާއެވެ. މި ސިލްސިލާއިބް ތާހިރު ރާޖް ބާސިން، އަނޫޕް ސޯނީ، ޖެނީފާ ވިންގެޓް އަދި ޗައިތަންޔާ ޗައުދުރީވެސް ފެނިގެންދާނެއެވެ.
މި ސިލްސިލާގެ އުފެއްދުންތެރީން ކަމުގައިވާ ސިއްދާތު އަދި ރެންސިލް، އެކުގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނެޓްފްލިކްސްއާއެކު މަސައްކަތްކުރުމުން އުފެއްދުންތެރިކަމުގެ މިނިވަންކަން ލިބި، އިންތައް ފަހަނައަޅައި، ތަފާތު ވާހަކައެއް ދިރުވުމުގެ ފުރުސަތު ލިބިފައިވާކަމަށެވެ.
ނެޓްފްލިކްސް އިންޑިއާގެ ސިލްސިލާތަކުގެ އިސްވެރިޔާ ތާންޔާ ބާމީ މި ޕްރޮޖެކްޓާމެދު ބުނެފައިވާ ގޮތުގައި ރެންސިލް އަދި ސިއްދާތުގެ އުފެއްދުންތެރި ތަސައްވުރާއެކު، އަދި ތާހިރު ރާޖް ބާސިން، އަނޫޕް ސޯނީ، އަދި ހަރުލީން ސެތީ ފަދަ ބާރުގަދަ ބަޔަކު ތަމްސީލުކުރާ މި ސިލްސިލާގެ ފުރަތަމަ މަންޒަރުން ފެށިގެންވެސް މީހުން ހައިރާންކޮށްލާނެ އެވެ.