ޝާހުރުކް ޚާން ފިލްމު "އިއްތިފާޤް" (2017) ޕްރޮޑިއުސް ކޮށްދޭން އެއްބަސްވީ، ސްކްރިޕްޓް ވެސް ނުކިޔައި ކަމަށް ރޭނޫ ޗޯޕްރާ ބުނެފިއެވެ. މި ފިލްމުގައި އަކްޝޭ ކަންނާ، ސިދާތްތް މަލޯތްރާ އަދި ސޮނާކްޝީ ސިންހާ ލީޑް ރޯލުތަކުގައި ފެނިގެންދިޔައެވެ.
ޕިންކްވިލާއާއަށް ދިން އިންޓަވިއުއެއްގައި، ރޭނޫ ޗޯޕްރާ ވަނީ ގިނަ ބަޔަކު އޭނާއަށް އެހީތެރިވެދިން ގޮތް ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި ޝާހު ވެސް ހިމެނެއެވެ. އޭނާ ބުނީ "އިއްތިފާޤް" ގެ މަސައްކަތްތައް ޝާހު ކޮށްދިނީ ވަރަށް ރަނގަޅަށެވެ.
ޝާހު އެމީހުންނަށް މަރުހަބާ ކިޔާފައިވަނީ ވަރަށް ރަނގަޅަށް އިހްތިރާމާއި އެކުގައި ކަމަށް ރޭނޫ ބުންޏެވެ. އޭނާއަށް އިންވެސްޓް ނުކުރެވޭނެ ކަމަށް ބުނުމުން، ޝާހު ވަގުތުން ފިލްމަށް އެހީތެރިވާން އެއްބަސްވިއެވެ. "އިއްތިފާޤް" އަކީ އޭނާގެ ހަގު ދަރިފުޅުގެ ފުރަތަމަ ފިލްމު ކަމަށްވާތީ، ޝާހު ސްކްރިޕްޓް ވެސް ނުކިޔާކަމަށާއި ބުނީ އޭނާ އިތުބާރުކުރަނީ ހަމައެކަނި ޕްރޮޖެކްޓަކަށް ނޫން، ކަމަށާއި ފިލްމު ހަދާ މީހާއަށް ކަމަށެވެ.
"އިއްތިފާޤް" ރިލީޒްކުރެވުނީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އަދި ބޮކްސް އޮފީހުގައި ރަނގަޅު ކުރިއެރުމެއް ލިބުނެވެ. މި ފިލްމަށް ފިލްމް ކްރިޓިކްސްގެ ފަރާތުން ވެސް ރަނގަޅު ރިވިއުތަކެއް ލިބުނެވެ.