އަޖޭ ދޭވްގަން ވިޖޭ ސަލްގާއޮންކަރުގެ ރޯލު ފުރަތަމަ އަދާކުރީ 'ދްރިޝްޔަމް' (2015) ގައެވެ. އެ ފިލްމުގައި އޭނާ ދެއްކި މޮޅު ހުނަރުގެ ސަބަބުން ގިނަ ބައެއްގެ ހިތްތައް ހޯދިއެވެ. އޭގެ 7 އަހަރު ފަހުން، އޭނާ އެ ރޯލު އަލުން އަދާކުރީ 'ދްރިޝްޔަމް 2' (2022) ގައެވެ. އެ ފިލްމަކީ ވަރަށް ކާމިޔާބު ފިލްމަކަށް ވެގެން ދިޔައެވެ.
ބޮލީވުޑް ހަބަރުތައް ބުނާގޮތުގައި، '"ދްރިޝްޔަމް 3" އުފެއްދުމަށް ޓަކައި، ޑައިރެކްޓަރު އަބީޝެކް ޕަތަކްއާ އާ އެކު މަސައްކަތް ފެށުމަށް ވަނީ ނިންމަިއފައެވެ. ހަބަރުތައް ބުނާ ގޮތުގައި، މި ފިލްމަށް އަޖޭ އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.
ދްރިޝްޔަމް 3 ފެށުމުގެ ކުރިން، އަޖޭ، ދޭ ދޭ ޕިޔާރް ދޭ 2، ދަމާލް 4، އަދި ރޭންޖާ ނިންމާނެ އެވެ. ޑީޑީޕީޑީ 2 ގެ ޝޫޓިން މިހާރުވެސް ކުރިއަށްދާއިރު، ދަމާލް 4 ގެ ޝޫޓިން ފެށޭނީ މި އަހަރުގެ މާޗް މަހުގައެވެ. އޭގެ ފަހުން މޭ މަހުގައި ރޭންޖާ ފެށޭނެއެވެ.
މި ފިލްމު ތަކާއެކު އަޖޭގެ މި އަހަރުގެ ތާވަލު އޮތީ ވަރަށް ފުލްކޮށް ކަމަށްވެސް ބޮލީވުޑްގެ ހަބަރުތައް ބުނެއެވެ.