މިއީ ޒުވާން ގިނަ އެކްޓަރުން ލިބުމަށް އެދޭފަދަ ކާމިޔާބީއެއްގެ ވާހަކައެކެވެ. ސަންޔާ މަލޯތުރާ އާއި އޭނާގެ ކުރީގެ ފިލްމުތަކަށް އޭނާގެ އެންމެ ފަހުގެ ފިލްމު، "މިސިސް" ގެ ކާމިޔާބީއާ ގުޅިގެން ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. މިސިސް ޒީ5 ގައި ދައްކަން ފެށީ ފާއިތުވި ހަފުތާގައި ނަމަވެސް، އޭނާގެ މަސައްކަތަށް ލިބުނު ތައުރީފު އެހާ ބޮޑުވުމާ ގުޅިގެން، ސަޕޯޓަރުން ނެޓްފްލިކްސްއަށް ގޮސް އޭނާގެ ކުރީގެ ފިލްމުތައް ބަލަން ފަށައިފައިވެއެވެ.
އޭނާގެ ފިލްމުތައް ކަމަށްވާ "ޕަގްލައިޓް" އަދި "މީނާކްޝީ ސުންދަރޭޝްވަރް" މިހާރު ވަނީ ނެޓްފްލިކްސްގެ ހޯމްޕޭޖްގައި 'މިއަދު އިންޑިއާގައި އެންމެ މަގުބޫލު 10 ފިލްމު' ގެ ބެނާގެ ދަށުން 4 ވަނަ އަދި 5 ވަނަ މަގާމަށް އަރައިފައެވެ. "މިސިސް" ގެ ޑައިރެކްޓަރު އާރަތީ ކަދަވްވެސް މިކަން ފާހަގަކޮށް ޓުވީޓްކޮށްފައިވެއެވެ. އެ ޓުވީޓުގައި އޭނާ ބުނެފައިވާ ގޮތުގައި އެއީ ވަރަށް މަދުން ދިމާވާ ކަމެއް ކަމެކެވެ އެއީ ފިލްމު 'މިސިސް' ގެ ސަަބަބުން ނެޓްފްލިކްސްގެ ރޭންކިންއަށް އަސަރުކޮށްފައި ވާތީއެވެ. މީހުން ސަންޔާގެ އެހެން ފިލްމުތައް ބަލަމުންދާތީއެވެ. އެކަމާ ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.
"މީނާކްޝީ ސުންދަރޭޝްވަރް" ރިލީޒްކުރެވުނީ 2021 ވަނަ އަހަރުގައެވެ. އެ ފިލްމުގައި ސަންޔާއާއެކު އަބިމަންޔޫ ދަސާނީ ވަނީ ތަމްސީލުކޮށްފައެވެ. "ޕަގްލައިޓް" ވެސް ރިލީޒްކުރެވުނީ ހަމަ އެ އަހަރުގައެވެ. އަދި އެ ފިލްމުގައި ސަންޔާ އަދާކުރި ރޯލަށް ވަނީ ތައުރީފު ލިބިފައެވެ.
"މިސިސް" ގައި ސަންޔާ ވަނީ ރިޗާގެ ރޯލު އަދާކޮށްފައެވެ. ރިޗާއަކީ ޑާންސްކުރުމުގެ ހުވަފެން ދެކޭ އަންހެނެކެވެ.