މުނިފޫހިފިލުވުން

ކާރްތިކް ސްރީލީލާގެ ލޯބީގެ ޑްރާމާ އާއި އަޔުޝްމަންއާއި ރަޝްމިކާގެ 'ތަމާ' ދިވާލީގައި ނެރެނީ

ކާރްތިކް އާރްޔަން އޭނާގެ ފޭނުންނަށް އުފާވެރި ހަބަރެއް ދީފިއެވެ. އެއީ ސްރީލީލާއާއެކު އަނޫރާގް ބަސޫ ޑައިރެކްޓްކުރާ، ރޮމޭންޓިކް ޑްރާމާ ފިލްމެއްގެ އިއުލާނެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅު، ދިވާލީގައެވެ. ފާހަގަކޮށްލެވޭ ކަމަކީ، މިފަހަރު ޗޮއިސް އިތުރުވާނެއެވެ. އެއީ އާޔުޝްމަން ކުރާނާ އަދި ރަޝްމިކާ މަންދަންނާގެ 'ތަމާ' ވެސް ދިވާލީގައި ރިލީޒްކުރަން ނިންމާފައިވާތީއެވެ.

ކާރްތިކް ސްރީލީލާއާއެކު ފެނިގެންދާ މިއުޒިކަލްގެ ފުރަތަމަ މަންޒަރުން ދައްކައިދެނީ ތަފާތު ސިފައެއްގައެވެ. އެގޮތުން ދިގު ތުނބުޅިއަކާއި، އޮޅިފައިވާ ދިގު އިސްތަށިގަނޑަކާއެކު، ހިތްހަމަނުޖެހި ހުރި ލޯބިވެރިއެއްގެ ގޮތުގައެވެ. ލަވަކިޔުމުގެ ދާއިރާގެ މަޝްހޫރު މީހެއްގެ ގޮތުގައި ދައްކުވައިދޭ އޭނާ ފެންނަނީ ބައިވަރު މީހުންގެ ކުރިމަތީގައި ގިޓާ ޖަހައި، "ތޫ މޭރީ ޒިންދަގީ ހޭ" ލަވަ ކިޔާތަނެވެ.

އޭނާގެ އިންޓެންސް ރޯލުގެ އިތުރުން، ސްރީލީލާއާއެކު ހޫނު ރޮމެންޓިކް މަންޒަރުތަކުގައި އޭނާގެ ކެމިސްޓްރީ ވެސް ފެނިގެންދެއެވެ. މި މަންޒަރުން ހާމަވަނީ އަނޫރާގް ބާސޫ، ޕްރިތަމްއާ ގުޅިގެން ކުރިއަށް އޮތް ފިލްމުގައި ފުރިހަމަ ތަޖުރިބާއެއް ކަށަވަރުކޮށްދޭން މަސައްކަތްކުރާކަމެވެ.

އަނެއްކޮޅުން، މިއަހަރުގެ އަނެއް ބޮޑު ރިލީޒަކީ އާޔުޝްމަން އަދި ރަޝްމިކާގެ 'ތަމާ' އެވެ. ދިނޭޝް ވިޖަންގެ މެޑޮކް ހޮރާ ޔުނިވާސްގެ ކުރިއަށް އޮތް ބައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިއުލާންކޮށްފައިވެއެވެ.

'މުންޖިޔާ' އިން މަޝްހޫރުވި އަދިތިޔާ ސަރްޕޮޓްދާރް ޑައިރެކްޓްކުރާ މި ފިލްމުގައި އަޔުޝްމަން، ރަޝްމިކާގެ އިތުރުން ޕަރޭޝް ރާވަލް، އަދި ނަވާޒުއްދީން ސިއްދީޤީ ހިމެނެއެވެ. ނިރެން ބަޓް، ސުރޭޝް މަތިއު، އަދި އަރުން ފުލާރާ ލިޔެފައިވާ މި ފިލްމު ޕްރޮޑިއުސްކުރަނީ ދިނޭޝް ވިޖަން އަދި އަމަރް ކައުޝިކްއެވެ. 'ތަމާ' ވެސް ރިލީޒްކުރަން ހަމަޖެހިފައިވަނީ މި އަހަރުގެ ދިވާލީގައި، ވަރަށް ބޮޑުކޮށެވެ.