މި އަހަރުގެ ރޯދަ މަހަށް ހާއްސްކޮށްގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކާށި ޝިޕްމަންޓެއް ރާއްޖެ ގެނެސްފިއެވެ.
އެސްޓީއޯ އިން މިއަދު ބުނީ އެ ކުންފުނިން އޯޑަރުކުރި ފުރަތަމަ ބެޗުގެ ކާށި މިހާރު ގެނައީ އިންޑިއާ އިން ކަމަށެވެ. އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައިން މާދަމާ އިން ފެށިގެން ކާށި ވިއްކާނެ ކަމަށާއި ކާއްޓެއް ވިއްކާނީ ފަސް ރުފިޔާއަށް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ބާޒާރުގައި މި ވަގުތު ކާއްޓެއްގެ އަގު އުޅެނީ 10 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުއެވެ.
އެސްޓީއޯ އިން ބުނީ ރޯދައަށް ހާއްސަކޮށްގެން ގެނައި ލުނބޯ ޝިޕްމަންޓްވެސް މާދަމާއިން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައިން ވިއްކާނެ ކަމަށެވެ. އޭގެ އިތުރުން ހަތަރު ކެޓަގަރީ އަކަށް ބަހާލައިގެން ކާބޯތަކެތި ރާއްޖެއަށް އެތެރެކުރުމަށް ތައްޔާރުވެފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. އެއީ: