މުނިފޫހިފިލުވުން

އަނޫޕަމްގެ 544 ވަނަ ފިލްމު ޕްރަބާސްއާ އެކުގައި

ބޮލީވުޑްގެ ތަޖުރިބާކާރު ފަންނާނު އަނޫޕަމް ކޭރް އިއްޔެ އިއުލާނުކޮށްފައިވާ ގޮތުގައި، އޭނާގެ 544 ވަނަ ފިލްމުގައި 'އިންޑިއަން ސިނެމާގެ ބާހުބަލީ' ޕްރަބާސްއާ އެކު ސްކްރީނުގައި ފެނިގެންދާނެއެވެ. އެހެން ނަމަވެސް މި ފިލްމަށް އަދި ނަމެއް ކިޔާފައެއް ނުވެއެވެ.

މިކަން އިއުލާނުކުރުމަށް އަނޫޕަމް ވަނީ އިންސްޓަގްރާމްގައި ޕްރަބާސްއާ އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައެވެ.

އޭނާ ހިއްސާކޮށްފައިވާ ގޮތުގައި މި ފިލްމު ޑައިރެކްޓްކުރަނީ ހަނޫ ރަގަވަޕުޑިއެވެ. އޭނާއަކީ 'ސީތާ ރާމް' ފަދަ ފިލްމުތައް އުފައްދާފައިވާ މަޝްހޫރު ޑައިރެކްޓަރެކެވެ. ފިލްމު ޕްރޮޑިއުސް ކުރަނީ މިތްރިއޮފިޝަލްގެ ފަރާތުންނެވެ.

އަނޫޕަމް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ފިލްމު އިމެޖެންސީގައެވެ.