މަޖިލީހުގެ ރައީސް

މަޖިލީހުގެ ރައީސް މަޖިލީހުގެ އިދާރާގެ މުވައްޒަފުންނާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، އެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ މަޖިލީހުގެ އިދާރާގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ރައީސް ނަޝީދު ހުރިހާ މުވައްޒަފުންނަށް ހިތްވަރު ދެއްވި ކަމަށެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ރައީސް ނަޝީދު އިންތިހާބުވެވަޑައިގަތީ 67 މެންބަރުންގެ ވޯޓުންނެވެ. އަދި އެމަނިކުފާނާ ވާދަކުރެއްވި މަޖިލީހުގެ ކުރީގެ ރައީސް ގާސިމް އިބްރާހީމްއަށް ލިބިވަޑައިގަތީ 17 ވޯޓެވެ.