ޖެސިކާ އަލްބާ އޭނާގެ ފިރިމީހާ ކޭޝް ވޮރެން ކައިރިން ވަރިވުމަށް ހުށަހަޅައިފިއެވެ. މިހާރު ދެފަރާތުންވެސް ވަނީ އެމީހުންގެ ކައިވެނި ރޫޅާލުމަށް ގާނޫނީ ފިޔަވަޅުތައް އަޅާފައި ކަމަށް ހޮލީވުޑް ހަބަރުތައް ބުނެއެވެ.
ޖެސިކާ ތަމްސީލު ކުރަނީ، މަޝްހޫރު، ވަކީލު ލޯރާ ވާސާ އެވެ. އޭނާ ވަނީ ހުކުރު ދުވަހު ވަރީގެ ލިޔެކިޔުންތައް ހުށަހަޅައިފައެވެ. ކޭޝް ވަނީ އަވަސް ގޮތެއްގައި އޭނާގެ ވަކީލު އާދަމް ލިޕްސިކް މެދުވެރިކޮށް ޖެސިކާގެ ހުށަހެޅުމާ ދާދި އެއްގޮތަށް ލިޔުންތައް ހުށަހަޅާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހަބަރުތައް ބުނާ ގޮތުގައި ޖެސިކާ އަދި ކޭޝްގެ ވަރިވުމަކީ "އެކުވެރި" ވަރިވުމެކެވެ. އެ ދެމީހުންވެސް އެދެނީ އެމީހުންގެ ތިން ދަރީން، 16 އަހަރުގެ އޮނާ، 13 އަހަރުގެ ހޭވަން، އަދި 7 އަހަރުގެ ހޭޒްގެ ޖިސްމާނީ އަދި ގާނޫނީ ބެލެނިވެރިކަން އެކުގައި ހިއްސާކުރުމަށެވެ. ކައިވެނީގެ ތެރޭގައި ހޯދާފައިވާ ހުރިހާ މުދަލަކީ ދެމަފިރިންގެ މެދުގައި ބަހާ މުދާ ކަމުގައި ހަދަން ބޭނުންވާކަމަށްވެސް ވެއެވެ. މީގެ ތެރޭގައި ހިމެނެނީ ޖެސިކާގެ އޮނެސްޓް ކޮމްޕެނީ ފަދަ ބޮޑެތި ވިޔަފާރިތަކެވެ. މިހާރު އޮނެސްޓް ކޮމްޕެނީގެ އަގު ހުރީ 623 މިލިއަން ޑޮލަރުގައެވެ.
ކޭޝްއަކީ ޕެއަރ އޮފް ތީވްސްގެ ބާނީންގެ ތެރެއިން އެކެކެވެ. މިއީ އަންޑަވެއާ އަދި އިސްޓާކީން އުފައްދާ ކުންފުންޏެކެވެ. މި ކުންފުނީގެ އަގު މިހާރު ހުރީ ގާތްގަނޑަކަށް 100 މިލިއަން ޑޮލަރުގައެވެ. ނަމަވެސް، ހަބަރުތައް ބުނާ ގޮތުގައި މި ކުންފުނީގެ އަގު މިއަށްވުރެ މާ ބޮޑުވާނެ ކަމަށް ލަފާކުރެވެއެވެ.
ހަބަރުތައް ބުނާ ގޮތުގައި ވަރިވުމުގެ ލިޔެކިޔުންތަކުގައި ވަރިވާ ސަބަބުގެ ގޮތުގައި "އެއްބަސްނުވެވޭ ތަފާތުތައް" ބަޔާންކޮށްފައިވެއެވެ.