ޕޮލިސް

މަސްތުވާތަކެއްޗާއެކު ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި

ތ. ތިމަރަފުށިން މަސްތުވާތަކެއްޗާއެކު 43 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ތިމަރަފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި އޭނާ ހައްޔަރުކުރިއިރު އޭނާއަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕަކެޓެއް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

އެމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.