ދ. ކުޑަހުވަދޫގައި ހުރި މީރާ އޮފީސް ފަޅާލައި ތިޖޫރި ވަގަށް ނަގައިފިއެވެ.
ފުލުހުން ބުނީ ރޭ ދަންވަރުގެ ވަގުތެއްގައި ކުޑަހުވަދޫ މީރާ އޮފީސް ފަޅާލައި ގިނަ އަދަދެއްގެ ފައިސާއާއެކު ތިޖޫރި ވަގަށް ނެގުމުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު 9:30 ހާއިރު ކަމަށެވެ.
ތިޖޫރީގައި 1500 ރުފިޔާއާއި 100 ޑޮލަރާއި 4682 އެކިވަރުގެ ރެވެނިއު ސްޓޭމްޕާއި އަހަރީ ފީގެ 50 ސްޓިކާއާއި އަދި 62393 ރުފިޔާގެ ހަތަރު ޗެކު އޮތްކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުންޏެވެ.
އެމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.