މުނިފޫހިފިލުވުން

ޖަސްޓިން ބީބާ ހެއިލީއާއެކު 300 މިލިއަން ޑޮލަރުގެ ވަރިއަކަށް!

ޖަސްޓިން އަދި ހެއިލީ ބީބާގެ ވަރި 300 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ހޮލީވުޑް ހަބަރުތައް ބުނެފިއެވެ.

ރިޕޯޓްތަކުގައި ވާ ގޮތުގައި އެމީހުންގެ ކައިވެނި މިހާރު ވަނީ އެންމެ ފަހު މަރުހަލާގައެވެ. ޖަސްޓިންގެ ކިބައިން ވަރިވާން ހެއިލީ ބޭނުން ވަނީ ޖަސްޓިންގެ ހަރުދަނާ ނޫން އުޅުމާއި މަސްތުވާތަކެތީގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިވަގުތު، ހެއިލީގެ 'މައިގަނޑު ކަންބޮޑުވުމަކީ އޭނާގެ ދަރިފުޅު' ޖެކް ބްލޫސް އެވެ. އަލަތު ފިރިހެން ދަރިފުޅުގެ ދުޅަހެޔޮ ސިއްހަތު ރައްކާތެރި ކުރުމުގެ ބޭނުމުގައި އޭނާ ބޭނުންވަނީ ފިރިމީހާ ގާތުން ދުރަށް ދާން ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ވަރީގެ ތެރޭގައި ޖަސްޓިންގެ ލަފާކުރެވޭ 300 މިލިއަން ޑޮލަރުގެ މުދަލުން ބައެއް ހޯދުމަށް މަސައްކަތްކުރުމާއި އެމީހުންގެ 5 މަހުގެ ދަރިފުޅުގެ ފުރިހަމަ ބެލެނިވެރިކަން ހޯދުމަށް މަސައްކަތްކުރަން ހެއިލީ ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޖަސްޓިން ވަނީ މަސްތުވާތަކެއްޗަށް ދެވިހިފުމާއި، ކަންބޮޑުވުމާއި، ނަފުސާނީ ބަލިތަކާ ކުރިމަތިލާން ޖެހިފައިވާކަން މީގެ ކުރިން ހާމަކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި ހެއިލީ ފުރަތަމަ އޭނާއާ ޑޭޓުކުރަން އެއްބަސްވީ 2015 ގައި އޭނާ ސާފުކޮށް އަދި މަސްތު ނުވެ ހުންނާނެކަމަށް ވައުދުވުމުންނެވެ. އެމީހުންގެ ގުޅުމުގައި އަދި 6 އަހަރުގެ ކައިވެނީގައި އޭނާ އެގޮތަށް އަމަލުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެކަމަކު އޭނާ ބައްޕައަކަށް ވެފައިވާ މިހާލަތުގައި، އެނބުރި އެ އަމަލުތަކަށް ދާން ފެށުން ވެފައިވަނީ ހެއިލީ ބިރުވެރި ކަމަކަށް ކަމަށް ހޮލީވުޑްގެ ހަބަރުތައް ބުނެއެވެ. ޖަސްޓިންގެ މި އަމަލުތައް އިތުރަށް ގޯސްވެ ހައްދުން ނެއްޓުމުގެ ކުރީން ހެއިލީ އޭނާއާ ދުރަށް ދާނެ ކަމަށް ހެއިލީގެ ގާތް މީހަކާ ހަވާލާދީ ބައެއް ރިޕޯޓުތައް ބުނެއެވެ.