ޖުމްހޫރީ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރަކަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް އަދި ޑެޕިއުޓީ ލީޑަރަކަށް ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އައްޔަންކުރައްވައިފިއެވެ.
ޖޭޕީގެ ޕީޖީ ލީޑަރަކަށް ގާސިމް އައްޔަންކުރައްވައި، ޑެޕިއުޓީ ލީޑަރަކަށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް އައްޔަންކުރެއްވިކަން އެ ޕާޓީން ވަނީ މިރޭ ކަށަވަރުކޮށްދީފައެވެ.
ގާސިމަކީ ނިމިދިޔަ 18 ވަނަ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް އައުމުގެ ކުރީން ވެސް އެ ޕާޓީގެ ޕީޖީ ލީޑަރުކަމުގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ. ނަމަވެސް 18 ވަނަ މަޖިލިސް ނިމެނިކޮށް، މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވުމާއެކު އެ މަގާމުން ގާސިމް ވަނީ އިސްތިއުފާދެއްވައިފައެވެ.
އަށާރަވަނަ މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވުމުން ގާސިމް އިސްތިއުފާދެއްވުމާއެކު ޖޭޕީގެ ޕީޖީ ލީޑަރަކަށް އައްޔަންކުރައްވާފައިވަނީ އޭރު ކިނބިދޫ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަބްދުﷲ ރިޔާޒެވެ. ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ރިޔާޒަކީ ތިމަރަފުށީ ދާއިރާގެ މެމްބަރެވެ.