މިއަހަރުގެ ޑާންސް އިންޑިއާ ޑާންސްގެ ޖަޖެއްގެ ގޮތުގައި ކަރީނާ ކަޕޫރު ހަމަޖައްސައިފި އެވެ.
މިއީ ޓީވީ ރިއަލިޓީ ޝޯއަކުން ކަރީނާ ފެނިގެންދާ ފުރަތަމަ ފަހަރެވެ.
ޝޯއާ ގުޅޭ ގޮތުން ދިން އިންޓަވިއެއްގައި ކަރީނާ ބުނީ އޭނާ އަކީވެސް ޓްރެއިންޑް ޑާންސަރެއް ނޫން ކަމަށާއި ނަށަން ދަސްކުރީ ފިލްމު ސެޓްތަކުން ކަމަށެވެ. އެހެން ކަމުން މި ޝޯގައި ޖަޖެއްގެ ގޮތުގައި އިނުމުގެ ފުރުސަތު ލިބުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެއްކަމުގައި ކަރީނާ ބުންޏެވެ. ކަރީނާ އިތުރަށް ބުނީ ޒީޓީވީން ބޭނުންވީ ހަމައެކަނި ނެށުމަށް މޮޅު މީހެއް ނޫންކަމަށާއި، ޓީވީން ބޭނުން ވީ ތަރިއެއް ކަމަށެވެ. އަދި އޯޑިއަންސްގެ މަގުބޫލުކަން ހޯދޭ ވަރުގެ ޕާފޯމަރެއްކަމަށެވެެ.
އެންމެ އަގުބޮޑުކޮށް ޓީވީ ޝޯ ހުށަހަޅައިދެނީ ކަރީނާ ކަމަށް މިހާރު ވަނީ އަޑުތައް ފެތުރިފަ އެވެ. އޭގެ ޖަވާބުގައި ކަރީނާ ބުނީ އޭނާއަކީ ނަންބަރުތަކަށް މާބޯޑު ސަމާލުކަމެއް ދޭ މީހެއް ނޫންކަމަށާއި ނަމަވެސް އޭނާ ގަބޫލު ކުރާގޮތުގައި އަންހެން ތަރިންނަށްވެސް ލިބެންޖެހޭ ހައްގު އުޖޫރަ ލިބެންޖެހޭނެ އެވެ.