ޕޮލިސް

ފަރީދީ މަގުގައި ހުރި ގަހަކުން ވެއްޓުނު ގޮފިގަނޑަކުންޖެހި މީހަކަށް އަނިޔާވެއްޖެ

ފަރީދީ މަގުގައި ހުރި ގަހަކުން ވެއްޓުނު ބޮޑު ގޮފިގަނޑަކުން ޖެހި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު 11:57 ހާއިރު ފަރީދީ މަގުގައި ގެއެއްގައި ހުރި ގަހަކުން ބޮޑު ގޮފިގަނޑެއް ވެއްޓި ޖެހުމުގެ ސަބަބުން އަނިޔާވެފައިވަނީ ބަންގްލްދޭޝްގެ ފިރިހެނަކަށް ކަމަށެވެ. އޭނާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދީފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި ގޮފި ގަނޑު ވެއްޓިފައިވަނީ ނޮވެލްޓީ ބުކްޝޮޕް ކުރިމައްޗަށެވެ.

އަދި އެސަރަހައްދުގައި ހުރި ސައިކަލުތަކުގެ މައްޗަށް ގަސް ވެއްޓުމުގެ ސަބަބުން ސައިކަލުތަކަށް ގެއްލުންވެފައިވާކަމަށް ވެސް ފުުލުހުން ބުންޏެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ލަފާކުރެއެވެ. ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް މެޓުން ވަނީ ޔެލޯ އެލާޓު ނެރެފައެވެ.