މުނިފޫހިފިލުވުން

ޝާހުގެ "މަންނަތު" އަށް މަހާރާޝްޓްރާއިން 9 ކްރޯޑު ރުޕީސް ދޭން ޖެހިއްޖެ!

މުންބާއީގައި ހުންނަ ޝާހުރުކް ޚާންގެ ގެ "މަންނަތު" އަށް މަހާރާޝްޓްރާ ސްޓޭޓުން ފައިސާތަކެއް ދޭން ޖެހިއްޖެއެވެ.

ބޮލީވުޑް ހަބަރުތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން، ޝާހުގެ ދެމަފިރިން ހުށަހެޅީ ގާތްގަނޑަކަށް 9 ކްރޯޑު ރުޕީސް އަނބުރާ ހޯދުމަށެވެ. މި އަދަދަކީ އެމީހުންގެ ގެ "މަންނަތު" ހުރި ބިމަށް މުންބާއީ ސަބާރބަން ޑިސްޓްރިކްޓްގެ ކަލެކްޓަރަށް އިތުރަށް ދެއްކިފައިވާ ފައިސާ ކަމަށް ވަނީ ބުނެފައެވެ.

އެގޮތުންް 2,446 އަކަ މީޓަރުގެ މި ގޯތި ރަޖިސްޓަރީ ކުރެވިފައިވަނީ ޝާހު އާއި ގައުރީގެ ނަމުގައެވެ. މި ގޯތި ޚާން ދެމަފިރިންނަށް ބަދަލުކުރުމުގެ ކުރިން، ސަރުކާރުން ވަނީ "އަންއާރންޑް އިންކަމް" ގެ ނަމުގައި ޗާޖެއް ނަގައިފައެވެ. މި ޗާޖް ހިސާބުކޮށްފައިވަނީ އެ ގޯތީގެ މާކެޓް އަގަށް ބަލައިގެންނެވެ.

އޭގެ ފަހުން، ޚާން ދެމަފިރިން ވަނީ އެ ގޯތީގެ ލީސްހޯލްޑް، ފްރީހޯލްޑް (ކްލާސް 1) ގޯއްޗަކަށް ބަދަލުކުރުމަށް ނިންމާފައެވެ. މިއީ ސަރުކާރުގެ ސިޔާސަތެއްގެ ދަށުންނެވެ.

2019 ވަނަ އަހަރުގެ މާޗު މަހު، ޝާހަށް ޖެހުނީ ރެޑީ ރެކޯނަރ އަގުގެ 25 އިންސައްތަ ދައްކާށެވެ. އެއީ އެ ސިޔާސަތުގެ ދަށުން ކަނޑައެޅިފައިވާ ގޮތަށެވެ. އެ ވަގުތު މި އަދަދު ގާތްގަނޑަކަށް 27.50 ކްރޯޑު ރުޕީސަށް އަރާފައިވެއެވެ.

ނަމަވެސް، ފަހުން ނެރުނު ރިޕޯޓުތަކުން ހާމަވެފައިވަނީ އެ ގޯތީގެ އަގު ކަނޑައެޅުމުގައި ވަނީ ގޯސްތަކެއް ހެދިފައެވެ.

މި ގޯސް ފާހަގަކުރެވުމާއެކު، ގައުރީ ވަނީ ކަލެކްޓަރަށް ރަސްމީ އިލްތިމާސެއް ހުށަހަޅާފައެވެ. އެއީ 9 ކްރޯޑު ރުޕީސް އަނބުރާ ހޯދުމަށެވެ.