ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ނ. އަތޮޅު ފައިނަލުގައި ފަހު ޖާގަ މިލަދޫން ހޯދައިފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ނ. އަތޮޅު ލީގު ބުރުގެ ފަހު މެޗު މިއަދު ހަވީރު ވަނީ ކުޅެފައެވެ. އެމެޗަށް މިލަދުއާއި ވެލިދޫ ނުކުތީ ފައިނަލްގެ ދެވަނަ ޖާގައަށެވެ. އެއީ ހޮޅުދޫން ކުޅުނު ދެމެޗުން މޮޅުވެ، ފައިނަލް ޔަގީން ކޮށްފައި އޮތުމުންނެވެ.
މިލަދޫން ފައިނަލުގެ ދެވަނަ ޖާގަ ޔަގީންކުރީ 6-1 އިން ވެލިދޫ ބަލިކޮށްގެންނެވެ.
މިލަދޫގެ ގޯލުތައް މުހައްމަދު އިޔާން ހަސަނާއި މޫސާ ހުމައިދުގެ އިތުރުން، ހުސައިން ޝަފީ، މުހައްމަދު ޔައިޝް ނާއިޒު، މުހައްމަދު ނަވީދު އަދި މުހައްމަދު ހުސައިން ޖެހި އިރު، ވެލިދޫގެ ހަމައެކަނި ގޯލު ޖެހީ އިބްރާހީމް ޒިޔާނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
20:00
ގްރައުންޑް 1: ފ. މަގޫދޫ - ފ. ދަރަނބޫދޫ
ގްރައުންޑް 2: ފ. ބިލެތްދޫ - ފ. ފީއަލި
21:00
ގްރައުންޑް 1: ދ. ކުޑަހުވަދޫ - ދ. ބަނޑިދޫ
ގްރައުންޑް 2: ބ، ފެހެންދޫ - ބ. އޭދަފުށި
22:00
ގްރައުންޑް 1: މ. ދިއްގަރު - މ. މުލި (އަތޮޅު ސެމީ ފައިނަލް)
ގްރައުންޑް 2: މ. ކޮޅުފުށި - މ. މުލައް (އަތޮޅު ސެމީ ފައިނަލް)