މުނިފޫހިފިލުވުން

ސައިފު ހޮސްޕިޓަލަށް ގެންދިޔަ އޮޓޯ ޑްރައިވަރާ ބައްދަލުކޮށް 50،000 ރުޕީސް ހަދިޔާކޮށްފި

1

ސައިފް އަލީ ޚާންގެ ގެއަށް ވައްކަންކުރަން ވަތް މީހާ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ހާދިސާއާ ގުޅިގެން ސައިފް ވަނީ ވަރަށް އަވަހަށް ލީލާވަތީ ހޮސްޕިޓަލަށް ގެންދެވިފައެވެ. ސައިފް ހޮސްޕިޓަލަށް ގެންދެވިފައިވަނީ އޮޓޯ ރިކްޝާއެއްގައެވެ. މި ރިކްޝާ ދުއްވި މީހާގެ ނަމަކީ ބަޖަން ސިންގް ރާނާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސައިފް ހޮސްޕިޓަލުން ދޫކޮށްލުމުން، ގެއަށް ދިއުމުގެ ކުރީން އޭނާ ވަނީ އެ ޑްރައިވަރާ ބައްދަލުކޮށްފައެވެ. އަދި ޑްރައިވަރަށް ޝުކުރު އަދާކޮށް، އެހާ އަވަހަށް އަދި ރައްކާތެރިކަމާއެކު ހޮސްޕިޓަލަށް ގެންގޮސްދިންކަމަށްޓަކައި އެކަން ފާހަގަ ކޮށްފައެވެ. ރާނާ ވަނީ އެ ބައްދަލުވުމާ ބެހޭގޮތުން މީޑިއާއަށް މައުލޫމާތު ހިއްސާކޮށްފައެވެ.

އެގޮތުން ގެއަށް ދިއުމަށްފަހު ސައިފްގެ ފަރާތުން އެއްވެސް ފައިސާއެއް ލިބުނުތޯ އެހުމުން، އެ ރިކްޝާ ޑްރައިވަރު ބުނީ، އެއީ އޭނާއަށް އެނގޭނެ ކަމެއްނޫން ކަމަށެވެ. އަދި އެ ވާހަކަ ދެއްކޭކަށް ވެސް ނެތްކަމަށެވެ. އެއްވެސް އެދުމެއް ނެތް ކަމަށާއި ސައިފު އެއްޗެއް ދިނަސް ރަނގަޅު، ނުދިނަސް ރަނގަޅު ކަމަށް އޭނާ ފާހަކުރިއެވެ. އަދި ސައިފު ދިން ކޮންމެ އެއްޗެއް ބަލައިގަންނާނެ ކަމަށް ބުންޏެވެ.

ބޮލީވުޑް ހަބަރުތަކުގައި ވާ ގޮތުން ސައިފް ވަނީ އެ އޮޓޯ ރިކްޝާ ޑްރައިވަރަށް ޝުކުރު އަދާކުރުމުގެ ގޮތުން 50,000 ރުފިޔާ ދީފައެވެ. އަދި އެ ޑްރައިވަރާ ސައިފުގެ މަންމަވެސް ބައްދަލުކޮށް ވަނީ ޝުކުރު އަދާކޮށްފައިކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟