މުނިފޫހިފިލުވުން

އޯއެމްޖީ 3، ސުޕަހީރޯ އަދި ރައުޑީ ރާތޯޅް 2 އާ ބެހޭ އަޕްޑޭޓް އަކްޝޭ ދީފި

މިމަހު އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ހަފުތާ ބަންދުގައި އަކްޝޭ ކުމާރް އަދި ވީރް ޕަހަރިޔާ ލީޑްކުރާ "ސްކައި ފޯސް" ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، މި ދެ އެކްޓަރުން އަންނަނީ އެއާ އެކްޝަން މި ފިލްމު ވީހާވެސް ރަނގަޅަށް ޕްރޮމޯޓް ކުރުމުގައި އަމަލީ ގޮތުން ބައިވެެރިވަމުންނެވެ.

މި ހަފުތާގައި އަކްޝޭ އާއި ވީރްނ ވަނީ ބޮލީވުޑް ނޫހަކަށް އެކްސްކްލޫސިވް އިންޓަވިއުއެއް ދީފައެވެ. މި އިންޓަވިއުގައި "ސްކައި ފޯސް" އާ ބެހޭގޮތުން މަޝްވަރާކޮށް، މި ފިލްމުގެ ޒަރީއާއިން، އިންޑިއާގެ ހަތިޔާރު އެޅި ބާރުތަކުގެ އޮފިސަރުންނަށް ހިތުގެ އަޑިން ޝުކުރު އަދާކުރުމަށް ވައުދުވެފައެވެ. މި ވާހަކަތަކުގެ ތެރޭގައި، އަކްޝޭ ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމުތަކާ ބެހޭގޮތުން، އޭގެ ތެރޭގައި "އޯއެމްޖީ: އޯ މައި ގޯޑް" އަދި "ރައުޑީ ރަތޯޅް" ގެ ސީކުއަލްތަކާ ބެހޭގޮތުން ވާހަކަދައްކާފައެވެ.

"އޯއެމްޖީ 3" އާ ބެހޭގޮތުން ވާހަކަދައްކަމުން، އަކްޝޭ ބުނެފައިވަނީ، އަވަހަށް އޯއެމްޖީ 3 ގެ ސްކްރިޕްޓް ހޯދަން މަސައްކަތް ކުރާނެކަމަށެވެ. ފިލްމުގެ ދެވަނަ ބައި ރިލީސްކުރީ މީގެ ދޮޅު އަހަރުކުރިންނެވެ.

ސުޕަހީރޯއެއްގެ ގޮތުގައި ފިލްމެއްގައި ފެނިގެންދާނެ ގޮސްދާނެތޯ އަކްޝޭ ގާތު އެހުމުން އޭނާ ބުނެފައިވަނީ ރަނގަޅު ސްކްރިޕްޓެއް ލިބިއްޖެނަމަ އެފަދަ ފިލްމެއްގައި ފެނިގެންދިއުމުގެ ފުރުސަތު އެބައޮތްކަމަށެވެ.

“ބޭނުންވަނީ އަހަރެން ކޮން ބާވަތެއްގެ ސުޕަހީރޯއަކަށް ވުމަށްތޯ؟ އުދުހޭ މީހެއްތޯ ނުވަތަ ދުވާ މީހެއްތޯ؟ ސުޕަހީރޯ ފިލްމެއް ހޯދަން މަސައްކަތްކުރާނަން. އަދި ރަނގަޅު އެއްޗެއް ލިބިއްޖެނަމަ، ހަމަ ޔަގީނުންވެސް އެކަން ކުރާނަން" އަކްޝޭގެ ބުނެފައިވެއެވެ.

ފާއިތުވި އަހަރުތަކުގައި، އަކްޝޭ ކުމާރުގެ ހުރިހާ ސަޕޯޓަރުން ވަނީ 2012 ގެ ބްލޮކްބަސްޓާ "ރައުޑީ ރާތޯޅް" ގެ ސީކުއަލްއެއްގައި އެމީހުންގެ ހީރޯ ފެނުމަށް ވަރަށް ބޮޑަށް އެދިފައެވެ.