ރައްޔިތުންގެ މަޖިލިސް

މާދަމާ ބާއްވާ މަޖިލިސް ޖަލްސާގައި ޖޭއެސްސީއަށް މަޖިލީހުން ކަނޑައަޅާ މެމްބަރު ހޮވަނީ

މާދަމާވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

މިރޭ ބޭއްވި ޖަލްސާގައި 19 ވަނަ މަޖިލީހުގެ ދެވަނަ ޖަލްސާ މާދަމާ ބޭއްވުމަށް ނިންމާފައިވާކަން އިއުލާންކޮށްފައިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް މަޖިލީހުން ކަނޑަޅާ މެމްބަރެއް ހޮވުމާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގެން މަޖިލީހަށް ވަދެވަޑައިގަތުމުގެ ހުއްދަ ދިނުމަށް ވޯޓަށް އެހުމަށް ހަމަޖެހިފައިވެއެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިިދާޅުވީ ރައީސް ނަޝީދު ވިދާޅުވީ އަންނަ މަހުގެ 7 އަދި 8 ވަނަ ދުވަހު މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި އެ ދަތުރުފުޅުގައި މޯދީ ތަގުރީރުކުރައްވާނެ ކަމަށެވެ.

މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވަނީ އިންތިހާބުކޮށްފައެވެ. މަޖިލީހުގެ ރައީސަކަށް މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އިންތިހާބުވެވަޑައިގެންނެވި އިރު، ނައިބު ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.