މުމްބާއީގެ އަންދޭރީ ސަރަހައްދުގައި ހުންނަ އަމިތާބް ބައްޗަންގެ ޑުޕްލެކްސް އެޕާޓްމަންޓް ވިއްކާލައިފައެވެ. މި އެޕާޓްމެންޓް ވިއްކާލާފައިވަނީ 83 ކްރޯޑަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިއީ ގާތްގަނޑަކަށް 10 މިލިއަން ޑޮލަރު ނުވަތަ 154 މިލިއަން ރުފިޔާގެ އަގެކެވެ.
މި މުއާމަލާތް ވަނީ ޕްރޮޕަޓީ ރަޖިސްޓްރޭޝަން ލިޔެކިޔުންތަކުން ކަށަވަރުވެފައެވެ.
ރިޕޯޓުތަކުން ދައްކާ ގޮތުގައި އަމީތާބު ވިއްކާލާފައިވަނީ މުމްބާއީގެ އަންދޭރީ ސަރަހައްދުގައި ހުންނަ ދި އެޓްލާންޓިސް އިމާރާތުގައިވާ 5،185 އަކަފޫޓުގެ ޑުޕްލެކްސް އެޕާޓްމަންޓެކެވެ.
ޕްރޮޕަޓީ ރަޖިސްޓްރޭޝަން ލިޔެކިޔުންތަކުން ދައްކާ ގޮތުގައި، މި ވިޔަފާރިޔަކީ ފާހަގަކޮށްލެވޭވަރުގެ ބޮޑު މުއާމަލާތެކެވެ.
މުމްބާއީގެ އަންދޭރީގައި ހުންނަ ދި އެޓްލާންޓިސް ޓަވަރުގެ 27 ވަނަ އަދި 28 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓް، ރަސްމީކޮށް ރަޖިސްޓަރީ ކުރެވިފައިވަނީ ޖެނުއަރީ 17 ވަނަ ދުވަހުއެވެ.
މި އެޕާޓްމަންޓް ވިއްކުމުގެ މުއާމަލާތުގައި 4.98 ކްރޯޑު ރުޕީސްގެ ސްޓޭމްޕް ޑިއުޓީއަކާއި 30،000 ރުޕީސްގެ ރަޖިސްޓްރޭޝަން ފީއެއްވެސް ހިމެނެއެވެ.
ލިޔެކިޔުންތަކުން ދައްކާ ގޮތުގައި އަމިތާބް މި އެޕާޓްމަންޓް ވިއްކާލާފައިވަނީ ވިޖޭ ސިންގް ޓާކޫރް އަދި ކަމަލް ވިޖޭ ޓާކޫރް އަށެވެ.
އަމީތާބް މި ޑުޕްލެކްސް އެޕާޓްމަންޓް ގަތީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއީ 31 ކްރޯޑު ރުޕީސްއަށެވެ. މިހާރު އެ އެޕާޓްމަންޓް ވިއްކާލެވިފައިވަނީ 83 ކްރޯޑު ރުޕީސްއަށެވެ. މިއީ ގާތްގަނޑަކަށް 168 އިންސައްތައިގެ ފައިދާއެކެވެ.