ސާރޭގާމާޕާ ގެ އެންމެ ފަހުގެ ސީޒަންގެ އެއްވަނަ ޝްރައްދާ މިޝްރާ ހޯދައިފިއެވެ.
މި ކާމިޔާބީއާ އެކު، ޝްރަދާ ބުނެފައިވަނީ، އޭނާގެ ހުވަފެނެއް ހަގީގަތަކަށް ވީކަމަށެވެ. ސާރޭގާމާޕާގައި އޭނާގެ ދަތުރަކީ މެންޓަރުންގެ އެހީތެރިކަމާއި މަގުދެއްކުމާއެކު ބަދަލުވުމުގެ ތަޖުރިބާއެއް ކަމުގައި ޝްރައްދާ ބުންޏެވެ. ސަޗިން-ޖިގަރ އުފެއްދި ފުރަތަމަ އޯޖީ ސިންގަލް 'ދޯކެބާޒީ' ރެކޯޑުކުރުމަކީ އޭނާގެ ދަތުރުގެ މުހިންމު ވަގުތެއްކަމަށާއި އެއަށް ލިބުނު ލޯބިން ވަރަށް ބޮޑަށް އުފާވެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
މި ބޮޑު ފައިނަލް ވެގެންގޮސްފައިވަނީ ވަރަށް ފޯރިގަދަ ހަފުލާއަކަށެވެ. އެ ޝޯގައި ހިމެނުނީ އެންމެ މަތީ ހަ ފައިނަލިސްޓުންގެ ވަރުގަދަ ޕަރފޯމަންސްތަކެކެވެ. އޭގެ ތެރޭގައި ޝްރަދާ، އުޖްވަލް މޯތިރާމް ގަޖްބަރު، ސުބަޝްރީ ދެބްނާތް، ބިދިޝާ ހަތިމުރިއާ، ޕަރްވަތީ މީނާކްޝީ، އަދި މަހާރްޝީ ސަނާތް ޕާންޑްޔާ ހިމެނެއެވެ.
ސާރޭގާމާޕާގެ ބޮޑު ފައިނަލްގެ ރޭގައި ޝޯގެ މެންޓަރުން ކަމަށްވާ ސަޗިން-ޖިގަރ، ސަޗެޓް-ޕަރަމްޕަރާ، އަދި ގުރު ރަންދާވާގެ ހިތްގައިމު ޕަރފޯމަންސްތަކެއްވެސް ވަނީ ފެނިގެންގޮސްފައެވެ. މީގެ އިތުރުން މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ އުދިތު ނާރާޔަން، ކަވިތާ ކްރިޝްނަމޫރުތީ، އަދި ކުރީގެ ކްރިކެޓް ކުޅުންތެރިޔާ ހަރްބަޖަން ސިންގު ވެސް ފެނިގެންދިޔައެވެ.
މި ކާމިޔާބުން ހަަމެއެކަނި ޝްރައްދާ ނަން އެތައްލައްކަ މީހުންގެ ހިތްތަކުގައި ލިޔެވި އުއްމީދީ މިޔުޒިކް ކެރިއަރެއްގެ ފުރަތަމަ ފިޔަވަޅު އެޅުނީއެއް ނޫނެވެ. ފޭނުން މިހާރު އިންތިޒާރުކުރަމުން އަންނަނީ އަރަމުން އަންނަ މި ތަރިއަށް ދެން އޮތީ ކޮން ކަމެއްތޯއެވެ.