ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ ޖަލްސާ

29 May 10:52

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ނިންމާލައިފި.

29 May 10:43

ރައީސް ނަޝީދު ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން އަދާކުރެއްވި އަބްދުﷲ މަސީހު މުހައްމަދާއި ގާސިމް އިބްރާހިމް އަދި ނައިބު ރައީސްކަން އަދާކުރެއްވި މޫސާ މަނިކަށް ޝުކުރު އަދާކުރައްވާފައި.

29 May 10:42

މަޖިލީހުގެ ރިޔާސަތާ ރައީސް މުހައްމަދު ނަޝީދު ހަވާލުވެވަޑައިގެންފި.

29 May 10:42

މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އިންތިހާބުކޮށްފި.

އެ މަގާމަށް އިންތިހާބުކުރުމަށް ނެގި ސިއްރު ވޯޓުގައި އީވާ، އެ މަގާމަށް އިންތިހާބުކުރުމަށް ފެންނަ ކަމަށް ވޯޓުދީފައިވަނީ 76 މެމްބަރުން. ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ ނުވަ މެމްބަރެއް. ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 86 މެމްބަރުންގެ ތެރެއިން 85 މެމްބަރުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި.

29 May 10:23

މިހާރު ކުރިއަށްދަނީ ނައިބު ރައީސްގެ މަގާމަށް ބޭފުޅަކަށް ހޮވުމަށް ނަގާ ސިއްރު ވޯޓު. އެ މަގާމަށް ކުރިމަތިލާފައިވަނީ ހަމައެކަނި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ.

29 May 10:03

ބޮޑު ތަފާތަކުން މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ބަލިކުރައްވައި، މަޖިލީހުގެ ރައީސްކަމުގެ މަގާމަށް މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވަނީ އިންތިހާބުވެވަޑައިގެންފައި.

މަޖިލީހުގެ ރައީސަކު ހޮވުމަށް ނެގި ސިއްރު ވޯޓުގައި ނަޝީދަށް ލިބިވަޑައިގެންނެވީ 67 ވޯޓު. އަދި ގާސިމަށް ލިބިވަޑައިގެންނެވީ 17 ވޯޓު ބާތިލް ހިމެނެނީ އެއް ވޯޓު. ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 86 މެމްބަރުންގެ ތެރެއިން 85 މެމްބަރުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި.

29 May 09:53

29 May 09:45

މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ނެގި ފަސް މެމްބަރުންގެ ކޮމިޓީން މިހާރު ދަނީ ވޯޓު ގުނުމުގެ ކަންކަން ކުރިއަށްގެންދަމުން.

29 May 09:43

މަޖިލީހުގެ ރައީސް ހޮވުމަށް ނެގި ވޯޓުގައި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 86 މެމްބަރުންގެ ތެރެއިން 85 މެމްބަރުން ބައިވެރިވެވަޑައިގެންނެވި.

29 May 09:37

29 May 09:31

29 May 09:29

29 May 09:18

29 May 09:17

މަޖިލީހުގެ ރައީސްކަމަށް ބޭފުޅަކު އިންތިހާބުކުރުމަށް ކުރިއަށްގެންދާ ވޯޓުލުން ފަށައިފި.

29 May 09:16

29 May 09:14

29 May 09:04

ފުރަތަމަ ކުރިއަށްދާނީ މަޖިލީހުގެ ރައީސަކު ހޮވުމަށް ކުރިއަށްގެންދާ ސިއްރު ވޯޓު. އެ މަގާމަށް ވާދަކުރައްވަނީ މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް.

29 May 09:00

މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ހަމަޖެހިފައިވަނީ ސިއްރު ވޯޓަކުން.

29 May 08:55

29 May 08:54

ނައިބު ރައީސްކަމުގެ މަގާމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ ނަންފުޅު، ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމް ހުށަހަޅުއްވައިފި. އެ ހުށަހެޅުއްވުމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ތާއީދުކުރައްވާފައި.

29 May 08:51

މަޖިލީހުގެ ރައީސްކަމުގެ މަގާމަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ނަންފުޅު، މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ޠާރިގު ހުށަހަޅުއްވައިފި. އެ ހުށަހެޅުމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވަނީ ތާއީދުކުރައްވާފައި.

29 May 08:49

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް، މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ހުށަހެޅުއްވީ މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުގެ ނަންފުޅު. އެ ހުށަހެޅުމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ތާއީދުކުރައްވާފައި.

29 May 08:46

މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ފަސް މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލައިފި.

އެ މެމްބަރުންގެ ނަންތައް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ). އެ ހުށަހެޅުމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވަނީ ތާއީދުކުރައްވާފައި.

ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 85 މެމްބަރުންގެ އިއްތިފާގުން އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)ގެ އެ ހުށަހެޅުން ވަނީ ފާސްވެފައި.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ؛

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން (އެމްޑީޕީ)

އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު (ޖުމްހޫރީ ޕާޓީ)

ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް (ޕީޕީއެމް)

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު (ޕީއެންސީ)

ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން (އަމިއްލަ)

29 May 08:33

މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ ޖަލްސާ ފަށައިފި. ރިޔާސަތު ބަލަހައްޓަވަނީ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު.

29 May 07:58

29 May 07:57

މަޖިލީހުގެ ރައީސާއި ނައިބު ރައީސްކަމަށް ކުރިމަތިލުމަށް މިރޭގެ ޖަލްސާގައި ހުޅުވާލާނެ. މަޖިލީހުގެ ރައީސާއި ނައިބު ރައީސްކަމަށް އެމްޑީޕީން ހުށަހަޅާ ނަންތައް މިހާރު ވަނީ ނިންމާފައި. އެމްޑީޕީން މަޖިލީހުގެ ރައީސްކަމަށް ހުށަހެެޅުމަށް ނިންމާފައިވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުގެ ނަންފުޅު. އަދި ނައިބު ރައީސްކަމަށް އެ ޕާޓީން ހުށަހެޅުމަށް ނިންމާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ ނަންފުޅު.

29 May 07:53

ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ ޖަލްސާ ފެށޭނީ މިރޭ 10:30ގައި. އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު.

29 May 07:44

ހުވައިކުރުމުގެ ރަސްމިއްޔާތުގައި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ފިޔަވައި އެހެން ހުރިހާ މެމްބަރުން ހުވައިކުރެއްވި. ރިޒާ އުމްރާ ފުރިހަމަކުރައްވާތީ ބައިވެރިނުވެވޭނެކަން މަޖިލިސް އިދާރާއަށް ވަނީ އަންގާފައި.

29 May 07:39

މަޖިލީހަށް ހޮވުނު މެމްބަރުންނަށް ހުވައިލައިދެއްވަނީ އުއްތަމަ ފަނޑިޔާރު އަހްމަދު އަބްދުﷲ ދީދީ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ހުވާކުރުމުގެ ރަސްމިއްޔާތާއި މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ ޖަލްސާގެ ލައިވް ކަވަރޭޖަށް “ވަން އޮންލައިން”ގެ ކިޔުންތެރީންނަށް މަރުހަބާ!

ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު މިރޭ 10:30ގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ވަނީ ހަމަޖެހިފައި. ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު.