އަޔުޝްމަން ކުރާނާ އަދި ބޫމީ ޕެޑްނޭކަރު ލީޑް ރޯލުން ފެނިގެން ދާ ފިލްމު ބާލާ ރިލީސްކުރާ ތާރީހު އާންމުކޮށްފިއެވެ.
މި މެއި މަހު ޝޫޓް ކުރަން ފަށާފައިވާ މި ފިލްމު ރިލީސްކުރަން ހަމަޖައްސައިފައިވަނީ މިއަހަރު ނޮވެމްބަރު 22 ގައެވެ.
ބާލާ އަކީ ބޯ މާއަވަަހަށް ތަލަވާ ފިރިހެނަކާ ކަޅު ހަމެއްގެ އަންހެނެއްގެ ދިރިއުޅުމުގެ މައްޗަށް އުފައްދާ ފިލްމެކެވެ. އިންޑިއާގެ ސޮސައިޓީން އަންހެނުންނަށް ހާއްސަކޮށް ދޮން ވުމަށް އަދި ދޮންވާ އެއްޗެހި ހޭކުމަށް ބާރު އަޅާކަމަކީ އަދިވެސް ހިތާމައާއެކު ފާހަގަ ކުރަން ޖެހޭ ކަމެވެ. މި ފިލްމަކީ އެކަންކަމަށް ހޭލުންތެރިކޮށްދޭ ފިލްމެކެވެ.
ފިލްމު ރިލީސް ކުރާ ތާރީހު އާންމުކުރީ ބުމީގެ ޓުވިޓަރުގައެވެ. މީހެ ކުރިންވެސް ބޫމީ އާއި އަޔުޝްމަން ވަނީ ސުޕާ ހިޓް ފިލްމުތަކަކުން ފެނިގެން ގޮސްފައެވެ. އޭގެ ތެރޭގައި "ދަމް ލަގާކޭ ހައިޝާ" އަދި "ޝުބް މަންގަލް ސާވްދާން" ހިމެނެއެވެ.
މިއަހަރަކީ އަޔުޝްމަންގެ ގިނަ ފިލްމުތަކެއް ކުރިއަށް އޮތް އަހަރެކެވެ. އެގޮތުން ފިލްމު "އާޓިކަލް 15" ގެ ޓީޒާ ވަނީ އިއްޔެ ރިލީސްކޮށްފައެވެ، އެ ފިލްމުގައި އަޔުޝްމަން ފެނިގެން ދާނީ ގާނޫނާ ގަވައިދަށް ހުރުމަތްތެރިކޮށްހިތާ ފުލުހެއްގެ ރޯލުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމުން ފެނިގެންދާ ގިނަ ހާދިސާ ތަކަކީ ހަގީގީ ކަންކަމެވެ.
އޭގެ އިތުރުން "ޝުބްމަންގަލް ޒިޔާދާ ސާވްދާން" "ޑްރީމް ގާލް" އަދި "ގުލާބޯ ސިތާބޯ" އަކީވެސް އަޔުޝްމަންގެ ކުރިއަށް ހުރި ފިލްމުތަކެވެ.
ބޫމީއަށްވެސް މިއަހަރު ތަފާތު ފިލްމުތަކެއް ކުރިއަށް އެބައޮތެވެ. ތާޕްސީ ޕަންނު އާއެކު ފެނިގެންދާނެ ފިލްމު "ޝާންދް ކީ އާންކް" އާއި "ޕަތީ ޕަތްނީ އޯރް ވޯ" އާއި "ޑޮލީ ކިޓީ އޯރު ވޯ ޗަމަކްތޭ ސިތާރޭ" ހިމެނެއެވެ.