ޔޫތު މިނިސްޓަރ މަހްލޫފު، ކުއީން ވަހީދާއި ހަސަން މަނިކުއާ ބައްދަލުކުރައްވައިފިއެވެ.
މިނިސްޓަރ މަހްލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނިއު ރޭޑިއަންޓަށް މިހާރު ކުރިމަތިވެފައިވާ ހާލަތާގުޅޭގޮތުން، ނިއު ރޭޑިއަންޓްގެ ބާނީ ކުއީން ވަހީދާއި ކުރީގެ ޗެއަރމަން ހަސަން މަނިކުއާ ބައްދަލުކޮށް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
"ނިއުރޭޑިއެންޓްގެ ބައްޕަ ކުއީން ވަހީދާއި ކުރީގެ ޗެއަރމަން ހަސަން މަނިކުއާއި ބައްދަލުވުމަކީ ލިބުނު އުފަލެއް. އެ ކްލަބަށް ކުރިމަތިވެފައިވާ ހާލަތާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރެވިފަ." ޔޫތު މިނިސްޓަރ މަހްލޫފު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ނިއު ރޭޑިއަންޓަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކުން އަރައިގަތުމަށް ކުއީން ވަހީދު އަދި ހަސަން މަނިކު މިމަހުގެ 26 ވަނަ ދުވަހު ވަނީ އެފްއޭމްގެ ރައީސް ބައްސާމް އަދީލް ޖަލީލުއާ ބައްދަލުކޮށްވެސް މަޝްވަރާކޮށްފައެވެ.