ބޮލީވުޑް

އިންދިރާ ގާންދީގެ ރޯލުން ރަވީނާ

ސުޕާ ހިޓް ފިލްމު "ކޭޖީއެފް" ގެ ސީކުއިލްގައި އިންދިރާ ގާންދީގެ ރޯލު ކުޅެނީ ރަވީނާ ޓަންޑޮންކަން ހާމަކޮށްފިއެވެ.

ރަވީނާ އަކީ 90ގެ އަހަރުތަކުގައި ކާމިޔާބު ބޮލީވުޑް ފިލްމުތަކެއް ކުޅުނު ތަރިޔެކެވެ. އެއަށް ފަހު ފިލްމީ ދާއިރާއާ ދުރަށްގޮސް އަނެއްކާވެސް މިވަނީ ސްކްރީނުން ފެންނަން ފަށާފައެވެ. އެގޮތުން މިދިޔަ އަހަރު އޭނާ ކުޅެފައިވާ ތްރިލާ ފިލްމު "މާތްރް" އަށް ވަނީ ބޮޑު ސަޕޯޓެއް ލިބިފައެވެ.

ކޭޖީއެފް އަކީ ބަޖެޓް ޑްރާމާ ފިލްމެކެވެ. ފިލްމުގައި ލީޑް ބަތަލަކަށް ފެނިގެން ދަނީ ކަންނަޑާ ސުޕާ ސްޓާރެއް ކަމަށްވާ ޔަޝްއެވެ.

ފިލްމުގައި ކަންގްނާ ކުޅޭނީ އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު އިންދިރާ ގާންދީގެ ރޯލެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ރަވީނާ ވަނީ ފިލްމުގެ ޝޫޓިން ވެސް މިހާރު ފަށާފައެވެ. ފިލްމު އުފައްދާ ފަރާތުން ބޭނުން ވަނީ ފިލްމުގެ ދެވެނަ ސީކުއިލް ނެރޭއިރު ފުރަތަމަ ބަޔަށްވުރެ މޮޅު ކުރުމަށްކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

ކޭޖީއެފް ގެ ފުރަތަމަ ބައި ވަނީ ތަފާތު ބަހުރުވަތަކުން ރިލީސްކޮށް ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.