މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި އެވެ.
ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ރޭ ކުރިއަށް ގެންދިޔަ ހާއްސަ އޮޕްރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ފިރިހެނެކެވެ. މި މީހާގެ އަތުން ފުލުހުންވަނީ 13 ސެލޯފިންކޮޅު ހޯދައިފަ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.