ޕޮލިސް

މަސްތުވާތަކެތި ހުރި 114 ސެލޯފިންކޮޅާއެކު ދާންދޫގައި މީހަކު ހައްޔަރުކޮށްފި

ގއ. ދާންދޫގައި މަސްތުވާތަކެތި ހުރި 114 ސެލޯފިންކޮޅާއެކު 22 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމަހުގެ 27 ގައި ދާންދޫގައި ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 114 ސެލޯފެންކޮޅު ފެނިފައިވާކަމަށެވެ.

އަދި އެމައްސަލައިގައި 22 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށާއި އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.