ޓްރިޕްޓީ ދިމްރީއަށް މިދިޔަ އަހަރަކީ ކާމިޔާބު އަހަރެކެވެ. މިހާރު އޭނާ އަންނަނީ އިތުރު އުންމީދީ ޕްރޮޖެކްޓަށް ތައްޔާރުވަމުންނެވެ. މީގެ ތެރޭގައި ސިދާންތް ޗަތުރްވެދީއާއެކު ކުޅޭ ލޯބީގެ ޑްރާމާ ފިލްމު "ދަޅަކް 2" ހިމެނެއެވެ.
ޓްރިޕްޓީ ވަނީ މި ފިލްމާ ގުޅޭ މުހިންމު އަޕްޑޭޓެއް ދީފައެވެ. އެގޮތުން އޭނާ ބުނެފައިވާގޮތުގައި ފިލްމުގެ ޝޫޓިން ވަނީ ގާތްގަނޑަކަށް ނިމިފައެވެ.އަދި މީގެ އިތުރުން އޭނާގެ މި ފިލްމަކީ 'ލޯބިވާ' އަދި 'ހާއްސަ' ފިލްމެއް ކަމަށް ވެސް ބުނެފައިވެއެވެ.
ފިލްމްފެއާއަށް ދިން އިންޓަވިއުއެއްގައި، "ދަޅަކް 2" އާ ބެހޭގޮތުން ޓްރިޕްޓީއާ ސުވާލުކުރެވުނެވެ. މި އެކްޓްރެސް ބުނެފައިވަނީ ފިލްމުގެ ޝޫޓިން ނިމުމާ ކައިރިވެފައިވާ ކަމަށާއި އަދި ފިލްމު ވަރަށް އަވަހަށް ނެރޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ފިލްމުގައި އޭނާގެ ކޯ ސްޓާ، އެކްޓަރު ސިދާންތަކީ ވަރަށް ރީތި މީހެއް ކަމަށް ބުނެ، "މިއީ ވަރަށް ލޯބިވާ، ވަރަށް ލޯބިވާ ފިލްމެކޭ" އޭނާ ބުންޏެވެ. އޭނާގެ ޑައިރެކްޓަރު ޝަޒިއާ އިޤްބާލަށް ލޯބި ފާޅުކުރަމުން، ޓްރިޕްޓީ ބުނެފައިވަނީ މި ފިލްމުގައި މަސައްކަތްކުރުމަކީ ވަރަށް މަޖާ ކަމެއް ކަމަށެވެ.
"ދަޅަކް 2" ރަސްމީކޮށް އިއުލާނުކުރެވުނީ މެއި 2024 ގައެވެ. ޓްރިޕްޓީ އަދި ސިދާންތްގެ ކެރެކްޓަރުތައް ތައާރަފުކުރެވުނީ ވިދީޝާ އަދި ނީލޭޝްގެ ގޮތުގައެވެ. އެ ވީޑިއޯގައި އެ ދެމީހުންގެ ލޯބީގެ ވާހަކައިގެ ކުޑަ ތަސައްވުރެއް ދައްކާލާފައިވެއެވެ. އަދި މި ވާހަކައަކީ ގޮންޖެހުންތަކުން އެއްކިބާވެފައިވާ ވާހަކައެއް ނޫންކަން ވެސް އެނގެއެވެ.
އިއުލާނުގެ ކެޕްޝަންގައި ހިންދީ ބަހުން ލިޔެފައިވަނީ، "އެކް ރާޖާ، އެކް ރާނީ، އެކް ކަހާނީ - 2 ދަޅްކަނޭން" މިހެންނެވެ.
ޝަޒިއާ އިޤްބާލް ޑައިރެކްޓްކުރާ "ދަޅަކް 2" ހުށަހަޅަނީ ޒީ ސްޓޫޑިއޯސް، ދަރްމާ ޕްރޮޑަކްޝަންސް، އަދި ކްލައުޑް 9 ޕިކްޗަރސްއިންނެވެ. މި ފިލްމު އެންމެ ފުރަތަމަ ސިނަމާތަކުގައި ދައްކަން ހަމަޖެހިފައި އޮތީ 22 ނޮވެމްބަރު 2024 ގައެވެ.