ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންް ތެރޭގައި ޕީޕީއެމުން ކުރި ދަތުރުތަކަށް މޯލްޑިވިއަން އަށް ދައްކަންޖެހޭ 3.8 މިލިއަން ރުފިޔާ ދައްކައިފިއެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ ޕީއާރު މެނޭޖަރު މޫސާ ވަސީމު މިއަދު ވިދާޅުވީ ޕީޕީއެމުން ކޮށްފައިވާ ދަތުރުތަކަށް ދައްކަންޖެހޭ 3.8 މިލިއަން ރުފިޔާ އިއްޔެ ދައްކާފައިވާކަމަށެވެ.
ޕީޕީއެމުން މޯލްޑިވިއަންއަށް ދައްކަންޖެހޭ ދަރަނި ނުދެއްކި އޮތީ މިދިޔަ އަހަރުގެ ބަޖެޓުން އެ ޕާޓީއަށް ދޭން ޖެހޭ، ފައިސާ ނުދީ ހިފެހެއްޓުމުން ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
އަދި މޯލްޑިވިއަންއަށް ފައިސާ ދައްކާފައި މިވަނީ ފިނޭންސުން އެފައިސާ ދޫކުރިތާ މާގިނަދުވަހެއް ނުވަނީހެވެ.