One Photos - plfZ1fvKpFG7iRSjNXaCmkNcK.png

މި އަހަރުގެ ގޯލްޑަން ގްލޯބްސްގެ ރެޑް ކާޕެޓް ވަނީ ފެޝަންގެ ރީތިކަމާއި ހިތްގައިމުކަމުން ފުރިފަވެ. ހޮލީވުޑްގެ އެންމެ މަޝްހޫރު ތަރިން މި ހަފުލާއަށް ހާޒިރުވެފައިވަނީ އެމީހުންގެ އަމިއްލަ ސްޓައިލްގައި، ސަމާލުކަން ހޯދައި، އާ ޓްރެންޑްތައް ފަށައިދީ، ނުވަތަ ޒަމާންވީ ކްލެސިކް ފެޝަން ދައްކުވައިދޭ ގޮތަށެވެ. އެމީހުން ލައިގެން ތިބީ ހިތްގައިމު ކުލަތަކާއި ރީތި ހެދުންތަކެވެ. ރެޑް ކާޕެޓްގައި ފެނިގެން ދިޔައީ ވިންޓޭޖް ހޮލީވުޑް ސްޓައިލުން ފެށިގެން މެޓަލިކް ޝީކް ސްޓައިލް ހިމެނޭ ގޮތަށް ގިނަ ފެޝަންތަކެކެވެ. އެންޑްރޫ ސްކޮޓް، އެންޖެލީނާ ޖޯލީ، ޒެންޑާޔާ އަދި މަޝްހޫރު އެތައް ތަރިންތަކެއް މި ހަފުލާއަށް ހާޒިރުވެފައިވަނީ އެފަދަ ރީތި އަދި ފަސޭހަކަމާއެކު ލާފައިވާ ކަހަލަ ސްޓައިލިޝް ހެދުންތަކެއްގައެވެ.

ޒެންޑާޔާއިން ފެށިގެން އެންޑްރޫ ގާފީލްޑާ ހަމައަށް، ރެޑް ކާޕެޓްގައި އެންމެ ރީތިކޮށް ހެދުން އަޅާފައި ތިބި ބައެއް ތަރީންނަށް އިތުރަށް ބަލައިލާނަމެވެ.

One Photos - PXTKdu1fRi5VC5gVoZRWycdXp.png
ގޯލްޑަން ގްލޯބްސް 2025: އަރިއާނާ ގްރާންޑޭ-

އަރިއާނާ ގްރާންޑޭ އޭނާގެ މަޝްހޫރު ޕޯނީޓެއިލް ސްޓައިލް ރެޑް ކާޕެޓަށް އަނބުރާ ގެނެސްދީފައިވެއެވެ. އޭނާ ލައިގެން ހުރީ 1960 ގެ އަހަރުތަކުގެ ސްޓައިލްގެ ޕޭލް ރީނދޫ ކުލައިގެ ގިވަންޗީ ގައުނަކާއި ހުދު އަންގިއެކެވެ. މި ހެދުމާއެކު އޭނާ ބޭނުންކޮށްފައިވަނީ ސްވަރޮސްކީ ކްރިސްޓަލްތަކެވެ.

One Photos - solOCSwVYRQmslXbS3xnzYn64.png
ގޯލްޑަން ގްލޯބްސް 2025: އެންޑްރޫ ގާފީލްޑް-

އެންޑްރޫ ގާފީލްޑް ލައިގެން ހުރި ގަދަ ފެހި ކުލައިގެ ގުޗީ ސޫޓުން ހިތްތައް ތަޅުވާލާހައި ހިތްގައިމެވެ.

One Photos - zPZyylrrqH9ERcZklWvGAKWhp.png
ގޯލްޑަން ގްލޯބްސް 2025: ޒެންޑާޔާ-

ޒެންޑާޔާ ވަނީ އޭނާގެ ސްޓްރެޕްލެސް ކޮޕާ ކުލައިގެ ލުއި ވިޓޯން ގައުނާ ގުޅޭގޮތަށް ރީތި ބޮބް ސްޓައިލެއްގައި އިސްތަށިގަނޑު ބަހައްޓާފައެވެ.

One Photos - h6PGpjnFee138LerQo2Gb21QN.png
ގޯލްޑަން ގްލޯބްސް 2025: އެންޖެލީނާ ޖޯލީ-

އެންޖެލީނާ ޖޯލީ މި އަހަރުގެ ގޯލްޑަން ގްލޯބްސްއަށް ދިޔައީ އޭނާގެ ދަރިފުޅު ޒަހާރާއާ އެކުގައެވެ. އޭނާ ލައިގެން ހުރީ އަތްދިގު، ސެކުއިންތަކުން ޒީނަތްތެރިކޮށްފައިވާ ރީތި ހެދުމެކެވެ.

One Photos - eYuytB7FUNXLuuarAFYwWcanh.png
ގޯލްޑަން ގްލޯބްސް 2025: ސިންތިއާ އެރީވޯ -

"ވިކެޑް" ގެ ތަރި ސިންތިއާ އެރީވޯ ވަނީ ވަރަށް ރީތިކޮށް ފެނިގެން ގޮސްފައެވެ. އޭނާ ލައިގެން ހުރީ ކަޅު ކުލައިގެ ލުއި ވިޓޯން ގައުނެކެވެ. މި ގައުނުގައި ހިތްގައިމު، ރިހި ކުލައިގެ މާމެލާމެލީގެ ބްރޮކޭޑް ޕެޓާނެއް އަދި ޕެޕްލަމް ޑީޓެއިލްތަކެއް ހިމެނެއެވެ.

One Photos - 0oLdDugLBfDxK1HNdJGZ8mrIz.png
ގޯލްޑަން ގްލޯބްސް 2025: އެންޑްރޫ ސްކޮޓް-

"ރިޕްލީ" ގެ އެންޑްރޫ ސްކޮޓް ވަނީ ޓިފަނީ-ނޫ ކުލައިގެ ސޫޓެއްގައި ފެނިގެން ގޮސްފައެވެ. އޭނާގެ މި ސްޓައިލުން ވެސް ހިތްތައް ވަނީ ހަމަ ތަޅުވައިލައިފައެވެ.

One Photos - H1LfGJzpWnlI2F1YLXP928IaR.png
ގޯލްޑަން ގްލޯބްސް 2025: ޓިމޮތީ ޗަލަމެޓް-

ޓިމޮތީ ޗަލަމެޓް ވަނީ އޭނާގެ ކަޅު ހެދުމާއެކު ކުލަ އިތުރުކޮށްލުމުގެ ގޮތުން ވަރަށް ރީތި ސްކާފެއް ބޭނުންކޮށްފައެވެ.

One Photos - iUVGiY0Fx9sJd5B8ezsVXWeIs.png
ގޯލްޑަން ގްލޯބްސް 2025: ކޭޓް ވިންސްލެޓް-

ކޭޓް ވިންސްލެޓް ކަޅު މާމެލާމެލި ޖަހާފައިވާ ހުދު ޕެންޓްސޫޓެއްގައި ވަރަށް ރީތިކޮށް ފެނިގެން ގޮސްފައިވެއެވެ.

One Photos - J8GXof81MMDoWYB4gllrILNve.png
ގޯލްޑަން ގްލޯބްސް 2025: ޑެމީ މޫރު-

ބޮޑީ ބިރުވެރި ފިލްމު "ދަ ސަބްސްޓަންސް" އަށް ނޮމިނޭޓްވެފައިވާ ޑެމީ މޫރް ވަނީ މެޓަލިކް ސިލްކް ގައުނެއްގައި ފެނިގެންގޮސްފައެވެ.

One Photos - fwwrQWi0EP8oGUP2pkfwQHU6S.png
ގޯލްޑަން ގްލޯބްސް 2025: މައިލީ ސައިރަސް-

މައިލީ ސައިރަސް ވަނީ އޭނާގެ ޝީކް ކަޅު ސެލީން ގައުނަށް އެޖެއް އިތުރުކޮށް، ހިތްގައިމު ރީތިކަމެއް ގެނެސްދީފައެވެ.