ބޮލީވުޑް

ޕްރިޔަންކާއަށް ނިކްގެ ފަރާތުން 6.5 މިލިއަން ޑޮލަރުގެ ގެއެއް

ނިކް ޕްރިޔަންކާ އަށް ޕްރޮޕޯސް ކުރީ ޕްރިޔަންކާގެ އުފަންދުވަހު މިއަހަރުގެ ޖުލައިގައެވެ. އޭރު އެދެތަރިން ޑޭޓް ކުރަން ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވެއެވެ. ދެތަރިންގެ އެންގޭޖްމަންޓް އިއުލާންކޮށްފައި ވަނީ ޕްރޮޕޯސް ކުރިތާ އެއްމަސް ފަހުންނެވެ.

ޑިސެމްބަރު ދެވަނަ ދުވަހު ޖޯދްޕޫރުގައި ކައިވެނި ކުރާކަމަށް އަޑުތައް ފެތުރިފައިވާ މި ދެތަރިންގެ ކައިވެނި ޖެނުއަރީއަށް ލަސްވެފައިވާ ކަމަށްވެސް ވަނި އަޑު ފެތުރިފައެވެ.

ހަބަރުތައް އިތުރަށް ބުނާ ގޮތުގައި ނިކް ވަނީ ޕްރިޔަންކާ އަށް ޕްރޮޕޯސް ކުރުމުގެ ކުރިން ލޮސް އެންޖެލްސް އިން 6.5 މިލިއަން ޑޮލަރުގެ އަގުހުރި ގެއެއް ގަނެފައެވެ. އެގެ ހުންނަނީ ބެވެލީ ހިލްސް ކައިރީގައެވެ.

އެންމެ ފަހުގެ އިންޓީރިއާ އަދި މޮޑަރން އާކިޓެކްޗަރ ހިމެނޭ 5 ކޮޓަރީގެ މި ގޭގައި 4 ފާހަނަ އާއި 4129 އަކަ ފޫޓުގެ ސުއިމިން ޕޫލެއްވެސް އޮވެއެވެ. ބޮޑު ބެކްޔާޑަކާއި ވުޑް ޓެރެސް ހިމެނޭ އަދި ކެންޔަން ވިއުވެސް ލިބޭ މި ގެ ވެގެން ދާނީ ޕްރިޔަންކާ އާއި ނިކް ކައިވެނި ކޮށްގެން އުޅޭނެ ގެއަށެވެ. ޕްރިޔަންކާ ވަނީ މި ގެއަށް ވަރަށް ފަހުން ގޮސް އިންސްޓަގްރާމުގައި ޕޮޓޯވެސް ހިއްސާކޮށްފައެވެ.