އަރްޖުން ކަޕޫރް، ބޫމީ ޕެޑްނެކަރް އަދި ރަކުލް ޕްރީތް ސިންގް އެކުގައި ފެނިގެންދާނެ ފިލްމެއް އިއުލާނުކޮށްފިއެވެ.
"މޭރޭ ހަސްބަންޑް ކީ ބީވީ"ގެ ނަމުގައި ނެރޭ މި ފިލްމުގައި އަރްޖުން އާއި ބޫމީ އެކުގައި ފެނިގެންމިދަނީ، މިހާތަނަށް ބޮލީވުޑްގެ އެންމެ ބޮޑު ނާކާމިޔާބު އެއް ފިލްމު ކަމަށް ބެލެވިފައިވާ "ދަ ލޭޑީ ކިލަރ" ގެ އެއް އަހަރު ފަހުންނެވެ.
އިއްޔެ، ވަނީ މި ފިލްމު ރިލީސްކުރާނެ ތާރީހު އިއުލާނުކޮށްފަ އެވެ. ޕޫޖާ އެންޓަޓެއިންމަންޓްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، "މި ފިލްމުގައި ލޯބީގެ ޖިއޮމެޓްރީ ކުޑަކޮށް އޮޅުލާފައި ވާނެއެވެ - މިއީ ލަވް ޓްރަޔެންގަލްއެއް ނޫނެވެ، މިއީ މުޅި ބޮޅެކެވެ! #މެރެހަސްބަންޑްކީބީވީ 21 ފެބްރުއަރީ، 2025 ގައި ސިނަމާތަކަށް" މިފަދައިންނެވެ.
މި ފިލްމުގެ މޯޝަން ޕޯސްޓަރުވެސް ވަނީ އާންމުކޮށްފައެވެ. މި ޕޯސްޓަރުގައި ދައްކަނީ ފިރިހެނެއްގެ ފައިވާނެއް ދެ އަންހެން ފައިވާނުގެ މެދުގައި ޖެހިފައިވާ މަންޒަރެކެވެ. މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ "ކޭލް ކޭލް މޭ" އަދި "ޕަތީ ޕަތްނީ އައުރް ވޯ" ފަދަ ޕްރޮޖެކްޓްތައް ކުރިން ޑައިރެކްޓްކޮށްފައިވާ އަޒީޒް އެވެ.