މީގެ ކުރިން ކަރުގައި ފަށް އެޅުމަކީ ބޮޑު ޓްރެންޑެއްގެ ގޮތުގައި އޮވެފައި އެ ޓްރެންޑް މިހާރު ވަނީ އުވެން ފަށައިފަ އެވެ.
ނަމަވެސް ހޮލީވުޑް އަދި ބޮލީވުޑް ތަރިން މި ފަހަކަށް އައިސް އަންނަނީ 90ގެ އަހަރުތަކުގައި އެންމެ މަގުބޫލުކަން ހޯދި ޓްރެންޑް ކަމަށްވާ ގިނަ ފަށްތައް އެޅުން އަނެއްކާވެސް އަނބުރާ ފެޝަންގެ ދުނިޔެއަށް ގެނެސްފައެވެ.
މީގެ އިތުރުން 1920ގެ އަހަރުތަކުގެ ކުރީކޮޅުވެސް މިގޮތަކަށް ގިނަ ފަށްތައް ކަރުގައި އެޅުމަކީ ވަރަށް ފެޝަނަބަލް ކަމެކެވެ. ފެޝަނަކީ އަބަދު އާލާވެ ނެތިދާ އެއްޗަކަށް ވާއިރު އަނެއްކާވެސް ގިނަ ފަށްތައް ކަރުގައި އެޅުން ތަރިންގެ ފަރާތުން އަބަދުމެ ފެންނަން ފެށުމުން މިގޮތަށް ފަށް އެޅުން ވަނީ މަޝްހޫރުވެގެން ގޮސްފައެވެ.
މިގޮތަށް ގިނަ ފަށް އަޅާއިރު ވަކި ދިގު މިނެއް ނުވަތަ ކުލައަކަށް ވެސް ނުބަލައެވެ. ފުޅާ މިނެއް ހިމަ މިނެއްވެސް ނޯވެއެވެ. އަދި ބޮޑަށް މަގުބޫލީވެސް އެކި ކަހަލަ ގިނަ ފަށްތައް އެޅުމެވެ. ބައެއް ފަށްތައް ދިގުވެފައި ބައެއް ފަށްތައް ކުރުވުމަކީ މި ލުކް އިތުރަށް ރީތި ކުރުވާ ކަމެކެވެ.
މިގޮތަށް ފަށްތައް އަޅަމުންދާ ތަރިންގެ ތެރޭގައި: