މުނިފޫހިފިލުވުން

އާޝާ ބޯސްލޭ 91 އަހަރުގައި: "ތައުބާ ތައުބާ" ލަވަކިޔުމާއެކު ވިކީގެ "ހުކް ސްޓެޕް" ވެސް ތަމްސީލުކޮށްފި

އާޝާ ބޯސްލޭ، 91 އަހަރުގައި ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގަޑިއިރުތަކަކަށް ޕާފޯމްކުރަމުން އެބަގެންދެއެވެ. އެގޮތުން ދުބާއީގައި ބޭއްވި ކޮންސެޓެއްގައި، މި ލެޖެންޑަރީ ލަވަކިޔުންތެރިޔާ ދައްކާލީ އޭނާ އުޅެމުން އަންނަނީ އެންމެ ފަހުގެ ޓްރެންޑްތަކާވެސް އެކުގައިކަމެވެ.

ހޯމަ ދުވަހުގެ ހެނދުނު، އާޝާގެ މޮޅު ހުނަރުން، ދުބާއީގައި އޭނާގެ ޕާފޯމަންސްގެ ވީޑިއޯތައް ވައިރަލްވިއެވެ. ހުދު ސާޅިއެއް ލައިގެން ހުރި މި ލަވަކިޔުންތެރިޔާ، މިއަހަރުގެ ކުރީކޮޅު އާނަންދް ތިވާރީގެ ކޮމެޑީ ފިލްމު 'ބޭޑް ނިއުޒް' އިން ކަރަން އައުޖްލާގެ 'ތައުބާ ތައުބާ' ލަވަ ކިޔައިދިނެވެ. ހަމަ އެހެންމެ، އޭނާ ފިލްމުގައި ވިކީ ކައުޝަލް މަޝްހޫރުކޮށްލި، މި ލަވައިގެ ސިގްނޭޗަރ ސްޓެޕްވެސް ޕަރފޯމްކޮށްދިނެވެ. އާޝާ އަކީ ހަގީގަތުގައިވެސް ފުރިހަމަ ކުޅުންތެރިއެއްކަން ދައްކާލުމުން، ލައިވް އޯޑިއަންސް އޭނާއަށް ތައުރީފުކޮށް ބޮޑު ތަރުހީބެއްދިނެވެ.

"@asha.bhosle ޖީ، މިޔުޒިކްގެ ދިރިހުރި ދެވަނައެއް ނެތް ބަތަލާ، ދެންމެ 'ތައުބާ ތައުބާ' ޕަރފޯމްކޮށްފި... މިއީ ކުޑަ ރަށެއްގައި ބޮޑުވި، މިޔުޒިކްގެ ބެކްގްރައުންޑެއް ނެތް، އަދި މިޔުޒިކް އިންސްޓްރޫމަންޓްތަކުގެ އެއްވެސް މައުލޫމާތެއް ނެތް ކުޑަކުއްޖަކު ލިޔުނު ލަވައެއް. އެއްވެސް އިންސްޓްރޫމެންޓެއް ނުޖަހައި މީހަކު ހެދި މެލޮޑީއެއް. މި ލަވައަށް ވަނީ ފޭނުންގެ ފަރާތުންނާއި މިޔުޒިކް އާޓިސްޓުންގެ ފަރާތުންވެސް ވަރަށް ބޮޑަށް ބަލައިގަނެފައި. އަދި ލޯބިވެސް ލިބިފައި. އެހެންނަމަވެސް މި ވަގުތަކީ ހަގީގަތުގައިވެސް އައިކޮނިކް އަދި އަހަރެން ދުވަހަކުވެސް ހަނދާން ނައްތައިނުލާނެ ވަގުތެއް. އަހަރެންނަކީ ހަގީގަތުގައިވެސް ނަސީބުވެރި އަދި ޝުކުރުވެރިވާން ޖެހޭ މީހެއް. މިކަމުން އަހަރެންނަށް ވަނީ ތިޔަ އެންމެންނަށް މިފަދަ މެލޮޑީތައް ދެމުންގެންދިއުމަށާއި އިތުރު ހަނދާންތައް އެކުގައި އުފެއްދުމަށް ވަރަށް ބޮޑު ހިތްވަރެއް ލިބިފަ." ކަރަން އައުޖްލާ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި އާޝާއަށް ލިޔުނު ނޯޓެއްގައި ވެއެވެ.

މި ލަވަކިޔުންތެރިޔާ އަދި އާޝާ ސްޓޭޖްގައި 'ތައުބާ ތައުބާ' ޕަރފޯމްކުރި ރީލްވެސް ހިއްސާކުރިއެވެ. އޭނާ އެއާއެކު ލިޔުނެވެ، 'އަހަރެން މިލަވަ ލިޔުނީ 27 އަހަރުގައެވެ. އޭނާ މިލަވަ ކިޔައިދިނީ 91 އަހަރުގައި އަހަރެންނަށްވުރެ ރަނގަޅަށް (އަތް އެއްކޮށްލި އިމޯޖީ). @asha.bhosle.'

އާޝާ ބޯސްލޭ 'ތައުބާ ތައުބާ' ޕަރފޯމްކުރީ ދުބާއީގައި ސޯނޫ ނިގަމްއާއެކު ބޭއްވި ކޮންސެޓެއްގެ ބައެއްގެ ގޮތުގައެވެ.