މާލޭ ގްރޭންޑް ފެލެޓަކުން ވެއްޓުނު ބިއްލޫރިގަނޑަކުން ޖެހި މީހަކު ޒަޚަމްވެއްޖެ އެވެ.
ފުލުހުން ވަނީ މިކަން "ވަން އޮންލައިން"އަށް ކަށަވަރުކޮށްދީފަ އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާގައި އަނިޔާވެފައިވަނީ 36 އަހަރުގެ ދިވެހި އަންހެނަކަށެވެ. މާލެ ގްރޭންޑްގެ ހަތަރުވަނަ ބުރިން ބިއްލޫރިގަނޑު ވެއްޓުމުގެ ސަބަބުން އަނިޔާވެފައިވަނީ އެއަންހެން މީހާގެ އަތަށްކަމަށް ފުލުހުން މައުލޫމަތު ދިނެވެ.
މިހާރު މިއަންހެން މީހާއަށް ފަރުވާ ދިނުމަށް ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.