1990 ގެ އަހަރުތަކުގައި ކޮމެޑީގެ ދާއިރާއިން އޭނާގެ ހުނަރުވެރިކަމާއި، ހާއްސަކޮށް ޑާންސް މޫވްމަންޓްތަކުން މަޝްހޫރުވި އައިކޮނިކް ތަރި ގޯވިންދާއާ ބެހޭގޮތުން، އޭނާގެ އަންހެނުން ސުނީތާ އަހުޖާ ވަނީ ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ.
'ހޯޓަރްފްލައި' ގެ 'ދަ މޭލް ފެމިނިސްޓް' ޕްރޮގްރާމްގެ އެޕިސޯޑެއްގައި ސުނީތާ ވަނީ، ގޯވިންދާގެ ކެރިއަރުގައި އޭނާ އަދާކުރި ދައުރާއި، ފިލްމީ ދާއިރާއިން ދުރުވުމަށް ނިންމި ނިންމުމާއި އަދި އެ ދެ މީހުންގެ ދެމިގެން އަންނަ ކައިވެނީގެ ގުޅުމާ ބެހޭ ތަފްސީލުތައް ހިއްސާކޮށްފައެވެ.
ގޯވިންދާގެ ހުނަރުތަކާ ބެހޭގޮތުން ވާހަކަދައްކަމުން، ސުނީތާ ފަޚުރުވެރިކަމާއެކު ބުނި ގޮތުގައި ގޯވިންދާއަށް އެކްޓިން އާއި ނެށުން ދަސްކޮށްދިނީ އޭނާ އެވެ. އަދި އިތުރަށް ބުނީ އެ ދެ މީހުން ޑޭޓްކުރަމުން ދިޔަ ދުވަސްވަރު އެކުގައި ވަރަށް ގިނައިން ޑާންސްކުރާ ކަމަށެވެ.
"އަހަރެންގެ ދައްތަ އިނދެގެން އުޅެނީ އޭނާގެ ބޮޑުބޭބެއާ އެވެ. އަހަރެމެން ވާދަކުރަނީ އެންމެ މޮޅަށް ޑާންސްކުރަނީ ކާކުތޯ ބެލުމަށެވެ. މޮޅުވާ ފަރާތަކަށް 50 ރުޕީސް ލިބެ އެވެ. އަބަދުވެސް މޮޅުވަނީ އަހަރެންނެވެ!" ސުނީތާ ބުންޏެވެ.
އޭނާ އިތުރަށް ބުނިގޮތުގައި ގޯވިންދާގެ ފުރަތަމަ ފިލްމު ކަމުގައިވާ 'ތަން ބަދަން' (1986) ގައި ލީޑު ރޯލެއް އަދާކުރުމުގެ ފުރުސަތު އޭނާއަށް ލިބުނެވެ. އެކަމަކު، ފިލްމީ ދާއިރާއިން ކެރިއަރެއް ހޯދުމުގެ ޝައުގުވެރިކަމެއް ނެތުމުގެ ސަބަބުން އެ ފުރުސަތު ދޫކޮށްލީއެވެ.
ސުނީތާ އާއި ގޯވިންދާ ކައިވެނިކުރީ 1987 ވަނަ އަހަރު، ސުނީތާގެ އުމުރުން 18 އަހަރުގައެވެ. އެ ކައިވެންޏަށް ވަނީ ދެ ދަރިން ލިބިފައެވެ. އެއީ ޔަޝްވަރްދަން އަހުޖާ އާއި ޓީނާ އަހުޖާ އެވެ.